ޔާމީން ރަޝީދާއި އަހްމަދު ރިލްވާންގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ކަމަށްވާ (ކ-ވ) އަހްމަދު އިސްމާއިލް (އަހަނދު)، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހްމަދު މުއާޒް
ހަބަރު
22 Nov 2023 | 16:00
އިސޫ، މުއާ އަދި އަހަނދުގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައިފި

ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީނު ރަޝީދުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަޙްމަދު މުޢާޒު (ގަޓު މުއާ) އާއި އަޙްމަދު އިސްމާޢީލް (އަހަނދު) އަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި އިސޫގެ މައްޗަށް އުފުލާފައި ވަނީ ޓެރެރިޒަމްގެ އަމަލެއް ކުރުމުގައި އެހީވެދިނުމުގެ ކުށުގެ ދައުވާ އާއި ރިލްވާނު މަރާލުމުގައި ހަރަކާތްތެރިވި ކަމުގެ ކުށުގެ ދައުވާ އަދި ބްލޮގަރު ޔާމީން ރަޝީދަކީ އިސްލާމް ދީނާ ހިލާފު މީހެއްކަމަށް ބުނެ އޭނާ މަރާލުމުގައި ހަރަކާތްތެރިވިކަމަށް ތުހުމަތުކޮށް ޓެރަރިޒަމުގެ ދައުވާ އެވެ.

އަދި ގަޓު މުއާގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ އެއް ދައުވާ އެއް ކޮށްފައިވާއިރު، އަޙްމަދު އިސްމާޢީލް (އަހަނދު) އަށް ކުރަނީ، ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ސިއްރުން ކުރިއަށް ގެންދިޔަ މި  ޝަރީއަތުގެ އަޑުއެހުމުގައި އެކޯޓުންވަނީ، އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމުގެ ހެކި ނެތްކަމަށް ބަޔާންކޮށް، މައްސަލަ މަދަނީ މިންގަޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެކަން ޕީޖީ އޮފީހުން 'ވޮއިސް' އަށް ވަނީ ކަށަވަރު ކޮށްދީފައެވެ. 

މީގެއިތުރުން އެ މީހުން ބަންދުން ދޫކޮށްލިއިރު ފައިގައި އެޅުވި މޮނިކޮން ޓެގް ނައްޓައިލުމަށް ވެސް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.