ސްކޫލް ދަރިވަރުން ތަކެއް-- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
ހަބަރު
23 Nov 2023 | 12:36
ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް އިތުރު ހަރަކާތްތައް ބޭއްވުމަށް ސުކޫލްތަކަށް އަންގައިފި!

ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ސްކޫލުގައި އިތުރު ހަރަކާތްތައް ހިންގަން ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު އަންގައިވަފިއެވެ.

ތައުލީމާއި ބެހޭ ވުޒާރާއިން އިއްޔެ ސުކޫލުތަކަށް ފޮނުއްވި ސާކިއުުލާގައި ބުނީ، ކިޔެވުމާއި ކިޔަވައިދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ގައުމީ މަންހަޖުގައި އެ ދުވަހެއްގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަކޮށް ކިޔަވައިދިނުމަށް ކަމަށެވެ.

އެހެންނަމަވެސް ސްކޫލުގެ ރަސްމީ ދަންފަޅީގެ ތެރެއަށް ވަންނަ ގޮތަށް ބައެއް ހަރަކާތްތައް ބާއްވާ ކަމަށާއި އޭގެ ސަބަބުން މުގައްރަރުގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް ކިޔަވައިނުދެވޭ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

އޭގެ ސަބަބުން، ގާބިލިއްޔަތުތަކާއި އަގުތަކާއި ސިފަތައް އުނގަންނައިދިނުން ތަރުތީބުވެގެން ނުދިއުމާއި މުގައްރަރު ފުރިހަމަކުރުމަށާއި މަގުސަދު ހާސިލްކޮށްދިނުމަށް ޓާމުގެ ފަހުކޮޅު އިތުރު ގަޑިތަކަށް ދަރިވަރުން ސްކޫލަށް ގެންދަން ޖެހުމާއި އެއްފަހަރާ ފިލާވަޅުތައް ދޭންޖެހޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"މިއީ، އުނގެނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދިއުން އެކަށީގެންވާ ގޮތަކަށްނުވާހިނދު، މިކަމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވެ، ގައުމީ މަންހަޖުގައި ބަޔާންކުރާ މަގުސަދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރުމަށް ހުރަސްއެޅެ އެވެ،" ސާކިޔުލާގައި ބުނެފައިވެއެވެ.

އެހެންކަމުން، ސްކޫލުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން، ދަރިވަރުންގެ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތްތައް ތަރުތީބުކުރުމަށް މިނިސްޓަރު ވަނީ އެދިލައްވާފައެވެ. 

ކޮމެންޓް
އަހުމަދު
މަޖިލިސް އިންތިހާބުގައި ތިކަމަށް ވިސްނާނީ އިހަށް މަޑުކޮއްލާ
23 Nov 2023
ެައަލީ
މިހާރު ދެން އިތުރު ހަރަކާތްވެސް ތަންކޮޅެއް ގިނައީ. ކުދިންނާ ބެލެނިވެރިންނަށް ބަންދު ދުވަހެއްވެސް ލިބެނީކީ ނޫން
23 Nov 2023
ނިންނި
އިރުއިރުކޮޅާ sarukaaru banquet ދުވަސްތައް ހަމަޖެހިގެން ދިޔުމަކީވެސް މުޤައްރަރު ތަންފީޒު ކުރުމަށް އެތަކެއް ގޮންޖެހުން ތަކަކާ މުދައްރިސުން ކުރިމަތިލާންޖެހިފަިއިވާކަމެއް.
23 Nov 2023
އީސަ
ދެ ދަންފަޅި އަށް ކިޔަވައިދޭ ސްކޫލްތަކުން ކިހިނެއްބާ ހަދަންވީ އިތުރު ހަރަކާތް ހިންގަން
23 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.