ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު-- ފޮޓޯ/ވޮއިސް
ހަބަރު
24 Nov 2023 | 09:46
އެމްޑީޕީގެ ވަގުތީ ރައީސަކަށް ރައީސް ޞާލިހު!

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސަކަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހު ހަމަޖައްސައިފި އެވެ.

އެމްޑީޕީން ރޭ އއ.އުކުޅަހުގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި މި ނިންމުން ނިންމީ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރެއް މެދުވެރިކޮށް 47 މެމްބަރުންގެ ވޯޓާއެކު ފާސްކޮށްގެންނެވެ.

ސޯލިހު އެމްޑީޕީގެ ވަގުތީ ރައީސްއަކަށް ހަމަޖައްސަން ގައުމީ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަންވަރު އިބްރާހިމެވެ. އޭނާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދުއެވެ.

މި ނިންމުމުގެ އިތުރުން, އަންވަރުގެ އެ ގަރާރުގައި އޭނާ ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވަޒީރުންގެ މަޖިލީހުގައި ތިއްބެވި އެޕާޓީގެ މެމްބަރުން ގައުމީ މަޖިލީހުގެ ދައުރު ހަމަވަންދެން  ގައުމީ މަޖިލީހުގެ މެންބަރުންކަމުގައި ކަނޑައެޅުމަށް ހުށަހަޅުއްވާފައެވެ.  

އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީން ޕާޓީގެ އައު ރައީސެއް ކަނޑައަޅާފައި މިވަނީ، އެޕާޓީގެ ކުރީގެ ރައީސް، އަދި ކުރީގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން އިސްތިއުފާ ދެއްވުމާއިއެކު، އެ މަގާމް ހުސްވެފައި އޮންނަތާ ފަސް މަސް ވެފައިވަނިކޮށެވެ. 

ރައީސް ޞާލިހު، އެމްޑީޕީގެ ރައީސްގެ މަގާމަށް އައްޔަންކޮށްފައިވާ އިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.