ރައީސް ޑރ މުއިއްޒުއާއި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް
ހަބަރު
25 Nov 2023 | 15:07
މިއީ ނަފާވެރި ވެރިކަމަކަށް ހެދުމަށް ރައީސް ޑރ މުޢިއްޒާއެކު ސާބިތުވެ ހުންނާނަން: ނައިބް ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމަކީ ރައްޔިތުންނަށް ލާބަހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށްޓަކައި ރައީސްގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ހުންނަވާނެކަމުގައި ނައިބް ރައީސް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ ލީޑަރޝިޕް އިން އެމަނިކުފާނު ބާކީ ކޮށްލައްވައިފައިވާކަމަށް ބުނެ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް އެ ޕާޓީ ދޫކުރައްވައި އައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރިއަށްދާ މި ދަނޑިވަޅުގައި ނައިބްރައީސް ހުސެއިން މުޙައްމަދު ލަޠީފް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، މި ވެރިކަމަކީ އެ މަނިކުފާނުވެސް ހިމެނި ވަޑައިގަންނަވާހެން، އެތަކެއް ރައްޔިތުންނެއްގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ. 

މިއީ ތިޔަ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ، ރައްޔިތުން އިޚްތިޔާރު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ތަޞައްވުރު

ނައިބް ރައީސް 

މީގެ އިތުރުން ނައިބްރައީސް ގެ ޓުވީޓުގައި ވިދާޅުވީ، ރައީސް ޑރ މުއިއްޒު އިސްކުރައްވާނީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި، ރައްޔިތުންނަށް ލާބަހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށްޓަކައި ރައީސްގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ހުންނަވާނެކަމުގައެވެ. 

ރައީސް ޕީޕީއެމުން ވަކިވެ ވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުން އަންނަ އިރު ސަރުކާރުގައި ތިއްބެވި ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓަރުންނާއި، އެހެނިހެން އިސް ފަރާތްތައް އަންނަނީ ރައީސް މުއިއްޒުގެ ފަހަތްފުޅުގައި ތިއްބެވިކަން އިއުލާނު ކުރައްވަމުންނެވެ. ބެލެވޭ ގޮތުގައި ރައީސް ޔާމީނު އަލަށް އުފައްދަވާ ޕާޓީ ރެޖިސްޓަރ ކުރުމަށް މާދަމާ ހުށަހަޅާނެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.