ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް--ފޮޓޯ/ޕީއެސްއެމް
ހަބަރު
30 Nov 2023 | 13:52
ނަޢީމާ މަރާލި ކަމަށް ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި: ޕީޖީ

މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ނ. މަނަދޫގައި މަރުވެފައި އޮއްވައި ފެނުނު އެރަށު އަންނާރުމާގެ ނަޢީމާ މޫސާ، މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ޕްރޮސެކިއުޓަރ ޖެނެރެލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ދައުވާ ކުރަން ހުށަހަޅާފައިވާ ބައެއް މައްސަލަ ތަކާއި ގުޅިގެން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޢީމާގެ މަރުގެ މައްސަލައާއި ގުޅިގެން މަޢުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ، އޭނާ މަރާލާފައިވާ ކަމަށް ބެލެވެނީ އޭޕްރިލް 6 ވަނަ ދުވަހުގެ ރޭ ދަންވަރު 1 އާއި 3:30 ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ. 

އަދި އެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޕީޖީން ދައުވާ ކުރަން ނިންމައި މިއަދުގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. 

އެގޮތުން ދަޢުވާ ކުރަން ނިންމާފައިވަނީ؛

1) ނ. މަނަދޫ، ފެހިވިލާގެ އަހުޒަމް އަބްދުއް ޝަކޫރު

2) ނ. މަނަދޫ، ރިފާސް, ޢަބްދުލް ވާހިދު ރިފާސް

3) ނ. މަނަދޫ، ވިލަރެސް، ހަސަން ފަވާޒް

އެ ތިން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކަކީ؛

• ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކު މެރުމުގެ ދައުވާ 

• ޢަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުން،

• މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ 

ޝަމީމް ވިދާޅުވީ، ޢަދުލު އިންޞާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދަޢުވާ އެމީހުންގެ މައްޗަށް ކޮށްފައިވަނީ ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާތީ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެގޮތުން، އެމީހުން ވަނީ، ނ. މަނަދޫ ނާމަގު ސަރަހައްދަށް ގޮސް، އެތަނުގައި ވަޅެއް ކޮނުމަށްފަހު، ނަޢީމާ މަރާލަން ބޭނުން ކުރި ވަޅިއާއި އެހެނިހެން ތަކެތި އަންދައި ނައްތާލާފައި ކަމަށް ޝަމީމް ވިދާޅުވި އެވެ. 

އެ ވަޅުގައި ތަކެތި އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވަނިކޮށް، ފުލުހުން ވަނީ ކޮނެގެން އެތަކެތި ނަގާފައެވެ.

މީގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެމީހުންގެ މައްޗަށް ކުރަނީ، ނަޢީމާ މަރާލުމަށްފަހު، އެގޭގެ ދޮރުގައި ތަޅުލާފައި ދިޔުމުން ކަމަށާ، އޭގެ ސަބަބުން ނަޢީމާ މަރުވެގެން އުޅޭކަން ޢާއިލާއަށް އެނގިފައިވަނީ އެ ކަން ހިނގިތާ 40 ގަޑިއިރު ފަހުން ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ. 

ޕީޖީ ޝަމީމް ވިދާޅުވީ، އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރާ ސަބަބުތަކާއި އެނޫން ކަންކަން ޝަރީޢަތުގެ މަޖިލީހުގައި ހާމަކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އެމީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތު ތަކުން، ސައިންޓިފިކް އެވިޑެންސް ލިބިފައި އެބަހުރި، ޑީއެންއޭ ލިބިފައި އެބަހުރި، އަދި އެހެން ކަހަލަ ހެކިވެސް ލިބިފައި އެބަހުރި. އެހެންވީމާ އެ ހެކި ތަކުގެ މައްޗަށް މި ތިން ދައުވާވެސް އަޅުގަނޑުމެންނަށް ސާބިތު ކުރެވިދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ."

ޕީޖީ ހުސައިން ޝަމީމް

ނަޢީމާގެ މަރުގެ މައްސަލާގައި ފުލުހުންގެ ޓީމުން ޚާއްސަ ތަހުގީގެއް އެ ރަށުގައި ހިންގާފައިވާ އިރު، އެ ގެއަށް އާއްމުކޮށް ވަދެ އުޅޭ މީހުންގެ އިނގިލީގެ ނިޝާން ނަގައި، ކާރެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ދެފަރާތުން އެއްބަސްވުން
އެލައިޑް އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާއި، އިލްމީ ދިރާސާތައް ހިއްސާކުރުމުގެ އިތުރުން، އެކައުންޓިންގ ދާއިރާގައި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާއި މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން ކަމަށެވެ.
08 Jul 2026
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ޝިޕެއް ތުރުކީގައި ބަނދަރުކުރުން މަނާކޮށްފި
ޖުލައި މަހުގެ 5 އިން 15 އަށް ކުރިއަށްގެންދާ މި ދަތުރަކީ ގްރީސްގެ އެތެންސުން ފުރައިގެން ގްރީސްގެ ރަށްތަކަށާއި ޑަލްމޭޝިއަން ކޯސްޓަށް ދަތުރުކުރުމަށް ރޭވިފައި އޮތް ދަތުރެކެވެ. މި ދަތުރުގެ ތެރެއިން ތުރުކީގެ ކުޝަދާސީ ބަނދަރަށާއި އިސްތަންބޫލްގައި ދެ ދުވަހު މަޑުކުރުމަށް ފަހު، ދަތުރު ނިންމާލުމަށް ހަމަޖެހިފައި އޮތީ އިޓަލީގެ ޓްރިއެސްޓޭ އަށެވެ.
08 Jul 2026
ވޯލްޑް ކަޕަށް ބޮޑު ހޭދައެެއް؛ ކޮންމެ ޓީމަކަށް ލިބޭނީ ކިހާވަރެއް؟
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިނާމު ފައިސާ އިތުރުކުރުމަށް ފީފާއިން ނިންމާފައިވާއިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ މެދުގައި 871 މިލިއަން ޑޮލަރު ބަހާލެވޭނެއެވެ. އަޅާކިޔުމެއްގެ ގޮތުން ބަލާއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޖުމްލަ އިނާމު ފައިސާގެ އަދަދަކީ 440 މިލިއަން ޑޮލަރެވެ.
08 Jul 2026
ކެންސަރުގެ ފަރުވާއަށާ ޓެސްޓްތައް ހެދުމަށް ބޭރަށްދާ މީހުން 2000އިން މަތީގައި
ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން އަހަރުން އަހަރަށް އިތުރު ވަމުންދާކަމަށާ މިދިޔަ އަހަރު އެކަނިވެސް ކެންސަރަށް ފަރުވާ ހޯދައި، ބައްޔާ ގުޅޭ ޓެސްޓްތައް ހެދުމަށް 2000 އަށްވުރެ ގިނަ މީހުން ބޭރަށް ދިޔަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
08 Jul 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝް، ޝާހު އަލްތަބުރް ރަޙްމާން (31އ) އެވެ.
08 Jul 2026
ރައީސް ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައިފި
34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައި ޙައްޤު ބަސް ފެތުރުމަށާއި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔުމަށް ގޮވާލައްވައިފިއެވެ.
08 Jul 2026
ސިއްޙީ ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިއްޖެ
2023 ވަނަ އަހަރާ ބަލައި، އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
08 Jul 2026
އުރީދޫ އެޕްގެ އޮޓޯޕޭ އިން ފައިސާ ދައްކާ ދުވަސް އިޚްތިޔާރުކުރެވޭ ގޮތް ހަދައިފި
އުރީދޫ އެޕްގެ އޮޓޯޕޭ ފީޗާގެ ދަށުން ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި ރީޗާޖްކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވެއެވެ.