ކޮޕް28 ސަމިޓުގައި ރައީސް ޑރ މުޢިއްޒު ތަޤުރީޜުކުރައްްވަނީ - ަފޮޓޯ: ރައީސް އޮފީސް
ހަބަރު
01 Dec 2023 | 21:57
މޫސުމީ ބަދަލުތަކާ ގުޅިގެން ލިބެމުންދާ ގެއްލުންތަކަށްބަލަހައްޓައިގެން ތިބެވޭކަށްނެތް: ރައީސް ޑރ. މުޢިއްޒު

މީގެ ކުރިން ދުވަހަކުވެސް ނާންނަހައި އަވަހަށް މޫސުމަށް ބަދަލު އަންނަ ދުނިޔެއެއްގައި، ވަކި ހަމަތަކަކާއި ގަވާއިދުތަކެއްގެ ތެރެއިން ކަންކަން ހަމަޖެހެންދެން އިންތިޒާރުކޮށްގެން ތިބެވެން ނެތްކަމަށް، ރައީސް ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ތިމާވެށީގެ އެންމެ ބޮޑު ސަމިޓް ކަމުގައިވާކޮޕް28 ސަމިޓްގައި ތަގްރީރު ކުރައްވަމުންނެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މީގެ ކުރީން ދުވަހަކުވެސް ނާންނަހައި އަވަހަށް މޫސުމަށް ބަދަލު އަންނަމުންދާކަމަށެވެ. އެހެންކަމުން ވަކި ހަމަތަކަކާއި ގަވާއިދުތަކެއްގެ ތެރެއިން ކަންކަން ހަމަޖެހެންދެން އިންތިޒާރުކުރެވޭކަށް ނެތްކަމަށާއި، ދުނިޔޭގެ މާލީ ކަންކަން ހިނގާ އުޞޫލާ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން އެބަ ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

"ފައިސާގެ ޤާބިލްކަމާ ކަންކުރެވޭނެ ޤާބިލްކަން ވަޒަންކޮށްކޮށް ތިބޭކަށް ވަގުތެއް ނެތް،" ރައީސް ވިދާޅުވި އެވެ.

މި ސަމިޓްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ހުރި އުނދަގޫތައް ލުއިކޮށްދޭން ޖެހޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ އަހަރަކުވެސް މިވާހަކަތައް ތަކުރާރުކޮށް ދައްކަވަމުން ގެންދަވާކަމަށާއި، ނަމަވެސް މި އަމާޒު އަދިވެސް ހާސިލްވެފައި ނުވާކަމަށެވެ. 

" އަޅުގަނޑުމެން ބޭނުންވަނީ، މޫސުމީ ކަންކަމަށް ސީދާ ހޭދަކުރެވޭނެ މާލިއްޔަތެއް ކަނޑައަޅައިގެން، އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އިސްކަންދެވޭނެ އައު ގޮތްތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، 1.5 ޑިގްރީގައި ދުނިޔޭގެ ފިނިހޫނުމިން ހިފެހެއްޓުމަށްޓަކައި ޕެރިސް އެއްބަސްވުމާ އެއްގޮތަށް ޕްލޭންއެއް ރާވަންޖެހޭ ކަމަށާއި، އަދި މި ޕްލޭން ވާން ޖެހޭނީ، ހަމަހަމަކަން ޤާއިމްވެފައިވާ، އަދި ލިބެން ހުރި އެންމެ ރަނގަޅު ޢިލްމުގެ އަލީގައި ކޮށްފައިވާ ޕްލޭނަކަށް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައިވަނީ، ރާއްޖެގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ ފުއްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުމަށް ކަމަށެވެ. ނަމަވެސް މި ވަގުތު އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު ހުރީ 4 އިންސައްތާގައި ކަމަށާއި، މި ލަނޑުދަނޑި ޙާޞިލްކުރުމަށްޓަކައި 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމަނިކުފާނުވަނީ މޫސުމަށް އަންނަބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ، 'ލޮސް އެންޑް ޑޭމަޖް ފަންޑު' ގެ ބޭނުން ހިފަން ފަށައިގަތުމަށް، ނިންމި ނިންމުމާމެދު އުފާކުރައްވާކަން ފާހަގަ ކުރައްވާފަ އެވެ.

"ޔޫއޭއިން މިކަމުގައި އިސްނަންގަވައި މަގު ދެއްކެވީތީ، އަދި ޤައުމުތަކުން މިކަމަށް ތާއީދުކުރައްވައި އެއްބާރުލުންދެއްވައި، މި ފަންޑަށް ބޮޑެތި އެހީތަކެއް ވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވީތީ އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.