ކޮޕް ސަމިޓްގައި ރައީސް މުޢިއްޒު--ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Dec 2023 | 00:38
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދާނަން: ރައީސް މުޢިއްޒު

މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދަވާނޭކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހަންމަދު މުއިއްޒު ވަޢުދު ވެވަޑައިގަނެފި އެވެ.

ދުބާއީގައި ކުރިއަށްދާ މޫސުމާއި ބެހޭ ކޮންފަރެންސް،ކޮޕް28 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކަކީ، ވިލުންތެރި، ސާފު ފެހި މާޙައުލަކަށް ހެދުމަށް މިސަރުކާރުން ވަރަށް ބޮޑަސް އިސްކަންދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ވެށީގައިވާ ކޮންމެ ދިރުމެއްގައިވެސް އަގެއްވާކަމަށާއި، އެއިން ކޮންމެ އެއްޗަކަށް ލިބޭ ގެއްލުމަކީވެސް ޤައުމަށާއި، މުޅި އިޤްތިޞާދަށްވެސް ލިބޭ ގެއްލުމެއް ކަމަށެވެ.

“އަޅުގަނޑުމެން ދިރިތިބުމަށާ، ދިރިއުޅުން ބިނާކުރުމަށްވެސް، މި ނާޒުކު ތިމާވެށި ރައްކައުތެރިކަމާއެކު ދަމަހައްޓަން ބޭނުންވޭ. އަވަސްއަވަހަށާ ލަސްލަހުންވެސް، މި ނާޒުކު ވެށްޓަށް ލިބެމުންދާ ކޮންމެ ގެއްލުމަކުން އަރައިގަތުމަށްޓަކައި އެހީތެރިކަން ބޭނުންވޭ،"

ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި މުހާތަބުކުރައްވާ އިތުރަށް ވާހަކަފުޅު ދައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ފަރުދެއްގެ ހައިސިއްޔަތުން، ދުނިޔޭގެ ވެއްޓަށްޓަކައި ކޮންމެ މީހަކުވެސް އުފުލަންޖެހޭ ޒިންމާތަކެއް ވާކަމަށެވެ. އެހެންކަމުން އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނުވަނީ އެދިވަޑައިގަނެފަ އެވެ.

" އަޅުގަނޑުމެން މި ވިސްނާ ވިސްނުންތަކާ، ކުރާ މަސައްކަތުގެ ސަބަބުން، އެދެވޭ ރަނގަޅު ނަތީޖާތަކެއް ނެރެވޭކަން ކަށަވަރުކުރަމުން ދަމާ ހިންގަވާ. އޭރުން އަޅުގަނޑުމެންގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް މަގުފަހިވަމުން ދާނެ،" 

ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
އެއްމެން
ވަރަށް ރަނގަޅު ޕޮރޮޖެކްޓެއް! ބިޔަގަސް ކޮޅެއް ރާއްޖެއަށް ބޭނުންވޭ!
02 Dec 2023
ގޮސް
މިތާކު ނެއްތިހާ ޖާގައެއް. ހަމަޖެހޭ އެއްޗެއް ކިޔަބަލަ
02 Dec 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.