ރައީސް ޑރ.މުއިއްޒު، ވަގުތީ ގޮތުން ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމާއި ހަވާލުވެގެން ހުންނެވި އަންވަރު އުލް ހަގް ކަކަރާއި ބައްދަލު ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Dec 2023 | 15:50
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ޕާކިސްތާނުން ރާއްޖެއަށް އެހީވަނީ

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ ވައުދު ފުއްދުމަށްޓަކައި، ޕާކިސްތާނުން އެހީވާނޭކަމަށް އެޤައުމުން ބުނެފިއެވެ.

ދުބާއީގައި ކުރިއަށްދާ ކޮޕް28 ކޮންފަރެންސްގައި ރައީސް ޑރ. މުއިއްޒު ވަނީ ވަގުތީ ގޮތުން ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމާއި ހަވާލުވެގެން ހުންނެވި އަންވާރުލް ޙައްޤު ކަކަރް އާއި ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ދެޤައުމަށް ފައިދާހުރި ކަންކަމާ ގުޅޭގޮތުންނާއި އަދި ދެޤައުމުގެ މަސްލަހަތާއި ގުޅޭ ދާއިރާތަކުން، މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެފެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި, ފަސް މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދެވުމަށް ރައީސް އިއުލާނުކުރެއްވުމާއި ގުޅިގެން، އެ ވަޢުދުފުޅު ހާސިލްކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ފާކިސްތާނުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ ކޮޕް28 ކޮންފަރެންސްގައި ރައިސް ޑރ. މުއިއްޒު ވަނީ ގިނަ ޤައުމުތަކެއްގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އަދި އަވައްޓެރި މި ޤައުމުތަކާއި އިތުރަށް ގުޅުން ބަދަހިކޮށް، ޤައުމަށް އިތުރު ކުރިއެރުން ގެނެވޭނޭ ގޮތްތަކާއި ގުޅޭގޮތުން މި ބައްދަލުންވުންތަކުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.