ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ނަސީރު އިބްރާހީމް --ފޮޓޯ: ވޮއިސް
ހަބަރު
03 Dec 2023 | 15:28
"ދިވެހި ބަސް ނޫން ބަހަކުން ވިސްނާ ދިވެހިން އުފެދިގެންދާކަމީ ޤައުމީ ބޮޑު މައްސަލައެއް"

ދިވެހިބަސް ނޫން ބަހަކުން ވިސްނާ ދިވެހިންގެ ބޮޑު އާބާދީއެއް އުފެދިގެންދާކަމީ، ޤައުމީ ބޮޑު މައްސަލައެއްކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ސަންގު ޓީވީން ގެނެސްދިން "ސިޔާސަތު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީރު ވިދާޅުވީ، އަމިއްލަ މާދަރީ ބަސް ނޫން އެހެން ބަހަކުން ވިސްނަމުންދާ އާބާދީއެއް ބޮޑުވެގެން ދިއުމަކީ ރައްކާތެރިކަމެއް ނޫންކަމަށެވެ.

ޤައުމެއް ކުރިއަރާ ދިއުމަށް އެންމެ މުހިންމު އެއްކަމަކީ އެބައެއްގެ އަމިއްލަ ބަހުން ވިސްނުމުގެ ޤާބިލްކަން އެބައެއްގެ ކިބައިގައި އުފެއްދުންކަމަށާއި، އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައިވެސް އެކަން ހިނގަމުން އަންނަ އުސޫލުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހި މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދަށް އަންނަމުންދާ ބަދަލުތަކަށް ހައްލެއް ހޯދުމަށްޓަކައި، އިލްމީގޮތުން ކަންކަން ދިރާސާކޮށް ބެލުމަށްފަހު އެއިން ފެންނަ ނަތީޖާގެ މައްޗަށް ކަންކަން ކުރިއަށް ގެންދިޔުން މުހިންމުކަމަށެވެ. 

" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ފުރަތަމަ ތަގުރީރުގައި ވަރަށް ސާފުކޮށް ވިދާޅުވެފައި އޮންނާނެ އިލްމީ ގޮތުން ކަންކަން ދިރާސާކޮށް ބެލުމަށް ފަހު އޭގެއިން ފެންނަ ނަތީޖާގެ މައްޗަށް ކަންކަން އަޅުއްވަމުން ގެންދަވާނެ ވާހަކަ،" 

މިނިސްޓަރު ނަސީރު

މިނިސްޓަރ ވިދާޅުވީ، ހުރިހާ ރައްޔިތުންވެސް ދިވެހިންނާއި ގުޅިފައިވާ އަމިއްލަ ވަންތަ ސިފަތައްހޯދާ، ދިވެހިންނަށް ގެއްލިގެން ގޮސްފައިވާ ތަރިކަ އަލުން އަނބުރާ ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގަންވާ ކަމަށެވެ.

ކޮމެންޓް
ޡާލިމު
ޚުތުބާ ވެސް އިނގިރޭސި ކުރަން ނިންމަނީ
03 Dec 2023
ގުޅޭ ލިޔުންތައް
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.