ދަ ޑިމޮކްރެޓްސް ގެ ރައީސް ކަަމަށް ވާދަކުރެއްވި ހަސަން އަމްރު--
ހަބަރު
03 Dec 2023 | 15:04
ނަތީޖާ އާއި މެދު ހިތްހަމަ ނުޖެހުނަސް އިތުރަށް އެއްޗެއް ދަންނަވާކަށް ނޭދެން: އަމްރު

އިއްޔެ ބޭއްވުނު ޑިމޮކްރެޓްސް ގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއި މެދު ހިތްހަމަނުޖެހުނު ނަމަވެސް އެ ކަމާއި މެދު އިތުރަށް އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށް ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ހަސަން އަމްރު ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވެ އަމްރު ވަނީ އެކްސްގައި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބަކާއި ކުރިމަތިލަނީ އިންތިހާބުގައި މޮޅުވާ ފަރާތަކާއި ބަލިވާ ފަރާތެއް ވާނެކަން އެނގި ހުރެ ކަމަށެވެ. މިގޮތުން ވަރަށް ގިނަ އިންތިހާބުތަކެއްގައި ކުރިމަތި ލެވިއްޖެ ކަމަށާއި، އޭގެތެރެއިން އެއްބައި އިންތިހާބުތައް ކާމިޔާބު ކުރެވުނު އިރު  ނާކަމިޔާބީ އާއި ވެސް ކުރިމަތިލާން ޖެހުނު ނަަމަވެސް، އެކަމާއިމެދު ޝަކުވާނުކުރައްވާ ކަމަށްވެސް އަމްރު ފާހަގަ ކުރެއްވިއެވެ. 

އޭނާ އަކީ ދޫ ދޭން ޖެހޭތާ ބޮޑުކޮށް ދޫދީ، އަސާސް ތަކުގައި ހިފަހައްޓާ މީހެއްކަން ފާއިތުވި 15 އަހަރަށް ވުރެ ގިނަ ދުވަހު އަމްރާއި އެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް އަމްރު ކުރެއްވި ޓްވީޓްގައި ވެއެވެ.

"މަސްލަހަތަށް ޓަކައި ފަސް ޖެހުމަކީ އަޅުގަނޑު ނުކުރާ ކަމެއްނޫން. އެއީ މި މަސައްކަތަކީ އަޅުގަނޑުވެސް ލޯތްބާއި ގުރުބާނީ އާއި އެކު ކުރި މަސައްކަތެއް ވީމަ. ނަމަވެސް ކަމެއް ގޯހުން ދާ ކަަމަށް ފާހަގަ ވުމުން އެވާހަކަ ވެސް ސީދަލަށް ބުނަން. އެއީ އެންމެންގެ ވެސް ރަނގަޅަކަށް. "

އަމްރު ވިދާޅުވިއެވެ.

މި ޓްވީޓް ގައި އަމްރު ވަނީ އެބޭފުޅާ އާއި އެކު މި އިންތިހާބުގައި ބުރަ މަސައްކަތް ކުރެއްވި ފަރާތްތަކަށާއި ކެމްޕޭން ކުރުމުގައި ހަރަކާތްތެރިވި ސޯޝަލް މީޑިއާގެ ޓީމުގެ އިތުރުން އެބޭފުޅާ އަށް ވޯޓުދެއްވި ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާފައެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އެ ޕާޓީގެ އިންތިހާބުގެ ނަތީޖާ ލަސްވުމާ ގުޅިގެން، އެ ޕާޓީގެ އާންމު މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ރޭ އިއުލާން ކުރައްވާފައި ވާ ކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.