ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ރައީސް އޮފީސް
ހަބަރު
03 Dec 2023 | 16:57
އިންޑިއާ ސިފައިން ވަރަށް އަވަހަށް މި ގައުމުން ބޭލޭނެ: ރައީސް ޑރ. މުޢިއްޒު

ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން، މިގައުމުން ވަރަށް އަވަހަށް ބޭލޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ތުރުކީވިލާތަށާއި، ކޮޕް 28 ސަމިޓަށް ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލް ހާމަކުރައްވުމަށް މިއަދު ބޭއްވެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އެ ދެ ގައުމަށް ކުރެއްވުނު ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާ ތަކާއި، ލިބުނު ކުރިއެރުންތަކަށް އަލި އަޅުވާލައްވާފައެވެ. 

އެވާހަކަ ތަކުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ވަކިން ޚާއްސަކޮށް އިންޑިޔާގެ ބޮޑުވަޒީރާއި އެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާއި ދެޤައުމުގެ މަތީ ފަންތީގެ ކޮމެޓީއެއް އެކުލަވާލަން ނިންމެވި ނިންމުމަށް އަލިއަޅުވާލައްވާފައެވެ. 

އެ ކޮމިޓީ އުފައްދަވާކަން ސަރުކާރުން އިއުލާން ކުރުމާއި އެކު ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން، ރައީސް މުޢިއްޒާއި މޯދީއާއި ދެމެދު ބޭއްވުނު ބައްދަލުވުމުގައި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމުގެ ވާހަކަ ނުދެކެވޭ ކަމަށާ، އަދި އެފަދަ ކޮމިޓީއެއް އުފައްދުމަށް ސަރުކާރުން ނިންމި ސަބަބާއިމެދުވެސް ވަނީ ސުވާލު އުފައްދާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ރައީސް އޮފީސް 

އެކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރެއިންނާއި، ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގެންނެވުމަށްފަހު ގަޔާއި، ހުވާ ކުރެއްވި ރަސްމިއްޔާތުގައިވެސް ދެއްކެވި އެންމެ މުހިންމު ވާހަކަ އަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކަ ކަމަށެވެ.

އަދި ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާނެ ފަދަ ކަމެއް ނުކުރާ ކަމުގައިވާ ނަމަ ކޮންމެ ގައުމަކާއި އެކުވެސް ގުޅުން ބަދަހި ކުރައްވާނެ ކަމަށާ، ނަމަވެސް މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ފަހަނައަޅާދާ ނަމަ، ގުޅުން ނުބޭއްވޭނެ ކަމަށް އެމަނިކުފާނު އޭރުވެސް މިހާރުވެސް ވިދާޅުވަމުންދާކަން ރައީސް ވަނީ ހަނދުމަކޮށްދެއްވާފައެވެ. 

އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށާ، އެކަން ކުރައްވާނީ ޑިޕްލޮމެސީގެ ރިވެތި އުސޫލު ތަކުގެ ތެރެއިން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

އެކަން ހާސިލް ކުރުމުގައި ޑިޕްލޮމެސީގެ ހިމޭން ރިވެތި އުސޫލު އަޅުގަނޑުމެން ކުރާނަމޭ. ކޮށްގެން އިރާދަކުރެއްވިޔާ މިގައުމުގައި ބޭރުގެ ސިފައިން ނުތިބޭތަން އިރާދަކުރެއްވިޔާ ހާސިލް ކުރާނަމޭ. މިއީ ފެށުނީއްސުރެވެސް އަޅުގަނޑު ދެއްކި ވާހަކައަކީ. އެއީ ވޯޓެއް ހޯދަން ދެއްކި ވާހަކަ އެއްނޫން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ ވެރިކަމަށް ހުވާ ކުރެއްވި ދުވަހާއި ޖެހިގެން އައި ދުވަހު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެމްދިޔުމަށް އިންޑިއާ އިސް ވެރިންގެ އަރިހުގައި ރަސްމީކޮށް އެދިލައްވާފައި ވާނެ ކަމަށެވެ.

އަދި ހުވާ ކުރެއްވުމަށްފަހު، މިއަދާއި ހަމައަށް އެކަމާއި ގުޅޭ 4 ވަރަކަށް ބައްދަލުވުން، އިންޑިއާގެ އިސްފަރާތްތަކާއި އެކު ކުރިއަށް ގެންދެވިފައިވާނެ ކަމަށާ، އިންޑިއާ ސިފައިން ރާއްޖެއިން ގެންދާނެ ކަމަށް އެ ގައުމުން ބުނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ރައީސް އޮފީސް 

"އިންޑިޔާ ސަރުކާރުން އެއްބަސްވެފައިވަނީ އިންޑިޔާ ސިފައިން އަނބުރާ ގެންދާނެ ކަމަށް. މިހާރު ދެގައުމުގެ ޓެކްނިކަލް ލެވެލްގައި މަސައްކަތް އެބަ ކުރެވޭ. އަދި މިހާރު އެއްބަސްވެފައި މިވަނީ ހައި ލެވެލް، އެންމެ މަތީ ލެވެލްގެ ކޮމިޓީއެއްވެސް، އެކުލަވާލަން. މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމާއި، މިސާލަކަށް އަޅުގަނޑު ފާހަގަކުރިން، ތިލަމާލެ ބުރިޖުގެ މަޝްރޫއު، ދެން ހުރި މަޝްރޫއު ތަކާއި، އެކިއެކި ލޯނު ތަކުގަ ދިމާވާ ކަންކަމާއި، ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަ ތަކާއި، މިކަން ކަމުގައި ވަގުތުން ވަގުތައް ކަންކަން ނިންމޭ ވަރުގެ ހައި ލެވެލް ކޮމިޓީއެއް އެކުލަވާލަން ދެ ގައުމުން އެއްބަސްމިވީ. މި އިންޑިޔާގެ ބޮޑުވަޒީރާއި ބޭއްވުނު ބައްދަލުވުމުގައި."

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާކުރަން ސަރުކާރުންނާއި ދިވެހިންވެސް ނިންމި ނިންމުމަށް މިސަރަހައްދުގެ ހުރިހާ ގައުމުތަކުންވެސް އިހްތިރާމް ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެފަދައިން އިންޑިޔާއިން ބުނެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ގައުމުން، ބޭރު ސިފައިން އިރާދަކުރެއްވިޔާ ބޭލޭނެ. އަދި ވަރަށް އަވަހަށް އެކަން ހާސިލް ކުރުމަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ނަތީޖާ އަކީ. އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް މި ގެންދެވޭ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ވަރަށް އަވަހަށް އެކަން ހާސިލްވެގެންދާނެ ކަމަށް"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް ވިދާޅުވީ، އިންޑިއާ އާއި އެކު އުފެދުނު ހައިލެވެލް ކޮމިޓީގެ މަސައްކަތުގެ ތެރެއިން، ބްރިޖު މަޝްރޫއު ފަދަ މަޝްރޫއުގެ ކަންކަން ބަލައި، ލަސްވާ ސަބަބުތައް ދެނެގަނެ، އަވަސް ކުރެވެން ހުރި ނަމަ އެކަންވެސް ކުރެވިގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.