ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Dec 2023 | 22:21
"އަބަދު ތެޔޮ އެތެރެކޮށްގެން ހަކަތައިގެ ކަންތައްތައް ހަމަޖައްސާ ގައުމެއްގެ ގޮތުގައި އޮވެވޭކަށްނެތް"

ދާއިމީގޮތެއްގައި ތެޔޮ އެތެރެކޮށްގެން ހަކަތައިގެ ކަންތައްތައް ހަމަޖައްސާ ގައުމެއްގެގޮތުގައި އޮތުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފު ނިންމަވާލެއްވުމަށްފަހު އަނބުރާ ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކަރަންޓުގެ 33 އިންސައްތަ ފުއްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކުރެއްވުން ކަމަށް، ދުބާއީގައި ކުރިއަށްދިޔަ ކޮޕް28 ސަމިޓްގައި ވާހަކަ ދައްކަވަމުން މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު ނޫސްވެރިނަންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިމަޝްރޫއާއި ގުޅިގެން ގިނަ ގައުމުތަކެއްގެ އިސްވެރިންނާއި، އެކިއެކި ވިޔަފާރިވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާކަމަށާއި، އަދި މި މަޝްވަރާ ބައްދަކުވުންތައް ކުރިއަށް ގޮސްފައިވަނީ ވަރަށްވެސް ރަނގަޅަށް ކަމަށެވެ.

"މިހާރުވެސް އެންވަޔަރަންމަންޓް މިނިސްޓަރ އެހުންނެވީ އެކޮޅުގަ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު މަޑުކުރައްވާނެ، މިކަމާގުޅޭ އެކިއެކި ފުރުސަތުތައް ފަހިކުރުމަށްޓައި،"

ރައީސް ޑރ. މުއިއްޒު

ރައީސް ވިދާޅުވީ، ބަޖެޓުން އަހަރަކު 750 މިލިއަން ޑޮލަރު ހަރަދު ކޮށް، އަބަދު ތެޔޮ އެތެރެކޮށްގެން ހަކަތައިގެ ކަންތަތްތައް ހަމަޖައްސައިގެން އޮންނަ ގައުމަކަށް ވެގެންއޮތުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް ދިއުމަށްޓަކައި ދެމެހެއްޓެނިވި ހަކަތައިގެ ނިޒާކަމަކަށް ދާންޖެހޭކަމަށެވެ.

"ރިނިއުބަލް އެނާޖީ އަކީ އަޅުގަނޑުމެންގެ ކުރިއަށް އޮތްތަނުގެ ރާސްތާ ބައްޓަންވާނެދިމަ"

ރައީސް ޑރ. މުއިއްޒު

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު 4 އިންސައްތައި ހުރި ރިނިޔުބަލް އެނާޖީ 33 އިންސައްތައަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބަދަލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮންނެވިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.