ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު--
ހަބަރު
03 Dec 2023 | 22:41
ދަ ޑިމޮކްރެޓްސްގެ ރައީސަކަށް ހަސަން ލަތީފް

ދަ ޑިމޮކްރެޓްސްއިން ބޭއްވި އެޕާޓީގެ އެންމެ ފުރަތަމަ އެތެރޭގެ އިންތިޚާބުން ރައީސް ކަމަށް ހޮވިފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ކަމަށް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެޕާޓީގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރައްވާފައެވެ.

މި އިންތިހާބުގައި ޑިމޮކްރެޓްސްގެ ރައީސް އަދި ނައިބު ރައީސް ހިމެނޭހެން 23 މަޤާމަކަށް ބޭފުޅުން އައްޔަން ކުރުމަށް ވަނީ ވޯޓުލާފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޖުމުލަ 1704 ވޯޓާއި އެކު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުވަނީ ކުރިހޯއްދަވާފައެވެ. މީގެ އިތުރުން ހަސަން ލަތީފުއާއި ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދަށް ލިބިފައި ވަނީ 1300 ވޯޓެވެ.

ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކުރައްވަމުން އާޒިމް ވިދާޅުވީ، 5،888 މީހުން ވޯޓުލުމުގެ ހައްގު ލިބުނުއިރު، ވޯޓުލާފައި ވަނީ 3،209 މެންބަރަކު ކަމަށެވެ. އަދި މިއީ މީގެ ކުރިން ދުވަހަކުވެސް ސިޔާސީ ޕާޓީއަކުން އެތެރޭގެ އިންތިހާބެއްގައި މިހާގިނަ މީހުން ނުކުމެ ވޯޓުލާފައިވާ ފުރަތަމަ ފަހަރުކަމަށެވެ.

އާޒިމް ވިދާޅުވީ މި އިންތިހާބުގެ ވޯޓުގެ ތެރެއިން 16 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 04:00 އަށް އެޕާޓީގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އިންތިހާބުގެ ނަތީޖާ އިއުލާނު ނުކޮށް ލަސްވެގެންދާތީ އެޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.