ދަ ޑިމޮކްރެޓްސް ގެ އަންހެނުންގެ ނައިބު ރައީސް އަކަށް ހޮވިފައިވާ އައިޝަތު އަލައިކާ އަދުނާން-- ފޮޓޯ:
ހަބަރު
04 Dec 2023 | 18:20
އެންމެ މުހިންމު ކަމަކީ އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުނަށްނަށް ހިދުމަތްކުރުން: އަލައިކާ

އެންމެ މުހިންމު ކަމެއްކަމުގައި ދެކެނީ އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުނަށްނަށް ހިދުމަތްކުރުންކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ، އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން އަލަށް އުފެއްދި ޕާޓީ، ދަ ޑިމޮކްރެޓްސް ގެ އަންހެނުންގެ ނައިބު ރައީސް އަކަށް ހޮވިފައިވާ އައިޝަތު އަލައިކާ އަދުނާން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ހެދުނު 10:00 އިން ހަވީރު 04:00 އަށް ކުރިއަށް ދިޔަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން އެވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އަލައިކާވަނީ، އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި ދެބޭފުޅުނަނަށް ވުރެ ގިނަ ވޯޓާއި އެކު، ޕާޓީގެ އަންހެނުންގެ ނައިބު ރައީސް ކަމަށް ހޮވިފައެވެ. އަލައިކާއަށް ވަނީ ޖުމުލަ 2046 ވޯޓުލިބިފަ އެވެ.

ޑިޕްލޮމާއިން ބިޒްނަސް އަދި ޑިޕްލޮމާއިން ޝަރީއާ އެންޑް ލޯ އާއި، ޕަބްލިކް ޕޮލިސީއިން މާސްޓާސްއަކާއި، ޕަބްލިކް މެނޭޖްމަންޓުން ޑިގްރީއެއް ހާސިލުކުރުމުގެ އިތުރުން އޭނާ ވަނީ ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް އަދާކޮށްފައެވެ.

އަލައިކާ ބުނީ، ދަ ޑިމޮކްރެޓްސް އުފެދުނީއްސުރެ އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންދާކަމަށާޢި، އެގޮތުން ޕާޓީގެ އަސާސީ ގަވާއިދު ލިޔެ، އެކުލަވައިލުމުގައިވެސް އޭނާ ވަރަށް އިސް ދައުރެއް އަދާކުރި ކަމަށެވެ.

އަޅުގަނޑަކީ ކުތިމަތިވާ އެއްވެސް ގޮންޖެހުމަކަށް ފަސްޖެހޭ މީހެއްނޫން، އަޅުގަނޑަކީ މިޕާޓީގެ އަސާސްތަކާއި، ސިފަތައް ގަބޫލުކޮށް ޕާޓީގެ ރޫހާ އަޒުމުގައި މަސައްކަތްކުރާމުން އަންނަ މީހެއް

އަލައިކާ

އިތުރަށް އަލައިކާ ބުނީ ދަ ޑިމޮކްރެޓްސް ބިނާކުރުމުގައި އޭނާގެ ތަސައްވުރެއް ވާކަމަށާއި، އެއީ ރައްޔިތުން ބާރުވެރިކުރުމާ ބައިވެރި ކުރުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.