އަމީނީ މަގުގައި އަލަށް ތާރު އަޅަން ފެށުން-- ފޮޓޯ/ވޮއިސް
ހަބަރު
04 Dec 2023 | 19:31
އަމީނީ މަގުގައި ތާރު ނާޅައި އޮތް ސެގްމެެންޓްގެ މަސައްކަތް ހަލުވި ދުވެލީގައި ނިންމުމަށް މަޝްވަރާކޮށްފި!

ޒަމާނީ ފެންވަރަށް އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ނުނިމި އޮތް ދެ ސެގްމެންޓްގެ މަސައްކަތް އަވަށް ނިންމުމަާއި ގުޅޭ ގޮތުން، ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެކު މަޝްވަރާކޮށްފިއެވެ.

ޢިމާރާތް ކުރުމާއި ބެހޭ ވުޒާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އަމީނީމަގުގެ މަޝްރޫއު އާއި ގުޅޭގޮތުން އެ ވުޒާރާއާ އާރްޑީސީ ދެމެދު މިއަދު މަޝްވަރާކުރެވުފައިވާ ކަމަށެވެ. އަދި އެ މަޝްވަރާގެ ތެރެއިން އެ މަގުގެ މިހާރު ނުނިމި އޮތް ދެ ސެގްމެންޓް، 12 އަދި 13 ގެ މަސައްކަތް ފެށުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ބުނެފައިވެއެވެ. 

އެ ވުޒާރާއިން އިތުރަށް ބުނީ، ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ގޮތަށް މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ފެށުމުގެ އެންމެފަހުގެ ތައްޔާރީތައް އާރުޑީސީން ވަމުން އަންނަ ކަމަށެވެ.

އަދި މި ބައްދަލުވުމުގައި މަގު ހެދުމުގެ މަސައްކަތް ފެށުމާ އެކު އާންމުންނަށް މަގު ބޭނުން ކުރުމުގައި ދިމާވެދާނެ ދަތިތައް ހައްލު ކުރުމާ ގުޅޭގޮތުން އާރުޑީސީ އާއެކު މަޝްވަރާ ކުރެވުނު ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މިއާއެކު ޢިމާރާތް ކުރުމާއި ބެހޭ ވުޒާރާ އިން ބުނީ އަމީނީ މަގުގެ ޓްރެފިކް ފްލޯއަށާއި ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ބަސް ރޫޓުތަކަށް ދިމާވެދާނެ ދަތިތަކަށް ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އެހީގައި ހައްލެއް ގެނައުމަށް އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމުގަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރެވިފައިވަނީ މާލެ ސިޓީ ކައުންސިލަށެވެ. އެހެން ނަމަވެސް އެފަހުން ކުރީ ސަރުކާރުން ވަނީ އެ މަސައްކަތް ސިޓީ ކައުންސިލްއަތުން އަތުލުމަށްފަހު ތިން ގުނަ އަގުބޮޑުކޮށް އާރުޑީސީއާއި ހަވާލުކޮށްފައެވެ. 

އެ މަސައްކަތް ނިންމަން އޮތް ތާރީހަށް މަސައްކަތް ނިންމާލެވިފައި ނުވާއިރު، އެކަމުގެ ހުރި ކަންބޮޑުވުންތަކާއެކު ގިނަ ބައެއްގެ ފާޑުކިޔުންވެސް ކުރީ ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. 

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު އެ މަޝްރޫއު ބާރު ސްޕީޑުގައި ނިންމަވާނެ ކަމަށާއި އޭގެ އިތުރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއެއް ވެސް ކުރިއަށް ގެންދަވާނެކަމަށް އެމަނިކުފާނު ވަނީ ކެންޕެއިންގެ ތެރެއިން ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.