ޑިމޮކްރެޓްސްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން ލަތީފް--
ހަބަރު
05 Dec 2023 | 09:18
މިއަހަރު ނިމުމުގެ ކުރިން އިތުރު 4000 މެންބަރުން ބޭނުން: ހަސަން ލަތީފް

މި އަހަރު ނިމުމުގެ ކުރިން ދަ ޑިމޮކްރެޓްސް އަށް އިތުރު ހަތަރު ހާސް މެންބަރުން ހަމަކުރަންޖެހޭކަމަށް އެޕާޓީގެ ރައީސްކަމަށް، އަލަށް އިންތިހާބުވެ ވަޑައިގެން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ،  ގާނޫނުގައި ވާ ގޮތުގެ މަތިން އިދާރީގޮތުން ޕާޓީ ހިންގާނެ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖެހެން އަންނަނީ ޕާޓީއަށް ޖުމުލަ ދިހަ ހާސް މެންބަރުން ހަވަވެގެންކަމަށެވެ.

ޕާޓީއަށްޓަކައި ވިވަގުތު ކުރަންއޮތް އެންމެ މުހިންމު އެއްކަމަކީ ޕާޓީއަށް އިތުރަށް މެންބަރުން އިތުރުކުރެއްވުން ކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ، ވިވަގުތު ޕާޓީގައި ތިއްބެވީ ހަ ހާހެއްހާ މެންބަރުންކަމަށެވެ.

ޕާޓީގެ ފަރާތުން ވާދަކުރާނޭ އެކި އިންތިހާބުތައް ކުރިމަތިވެފައިވާކަމަށާއި، އެހެންކަމުން ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށް ގެންދަންޖެހޭކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިސާލަކަށް މާލެ ސިޓީ މޭޔަރުގެ އިންތިހާބު އެބައޮތް، ދެންހަމަ އެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެސް އޮތީކީ ދުރަކު ނޫން،

ހަސަން ލަތީފް

ހަސަން ލަތީފް ވިދާޅުވީ، ރަނގަޅަށް ކަންކަން ރޭވި، ރައްޔިތުންނާއި ގުޅިގެން ކުރިއަށް ދެވިއްޖެނަމަ މި އަހަރު ނިމުމުގެ ކުރިން ބޭނުންވާ އަމާޒަށް ވާސިލް ވެވޭނޭ ކަމުގެ ފުރިހަމަ ޔަގީން އެބައޮންނެވިކަމަށެވެ. މިވަގުތު ހަ ހާހެއްހާ މެންބަރުން ޕާޓީގައި ތިބި އިރު، އިތުރަށް ހަތަރު ހާސް ސައްހަ މެންބަރުން ހޯދޭނެ ކަމަށް ވަރަށް ބޮޑަން އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ސިސްޓެމެޓިކް ކޮށް ކުރަންޖެހޭގޮތަށް ރޭވުންތެރިކަމާއެކީ ކޮށްފިއްޔާ އަޅުގަނޑުމެނަށް އެއީ ހާސިލް ނުކުރެވޭނެ އަދަދެއްނޫން

ހަސަން ލަތީފް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ ގެ އެތެރޭގެ ފުރަތަމަ އިންތިހާބުގައި އެ ޕާޓީގެ ރައީސްކަަމަށް ވާދަކުރައްވާ، ރޭ އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ޖުމުލަ 1704 ވޯޓާއި އެކު ހަސަން ލަތީފް ވަނީ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.