ދިވެހި ހައްޖާޖީން--ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހަބަރު
05 Dec 2023 | 09:31
ހައްޖު ކޯޓާގެ އަދަދު އިތުރުކުރުމުގެ މަޝްވަރާ މިހާރު ދަނީ ކުރެވެމުން: ޝަކީލް

ހައްޖުގެ މަތިވެރި އަޅުކަމަށް މީހުން ގެންދިއުމަށް ސައުދީ އަރަބިޔާއިން ހަވާލުކޮށްފައިވާ ކޯޓާގެ އިތުރުން، އަދި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އަށް މައުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމަށް ސައުދީ އިން މިހާރު ހަވާލުކޮށްފައިވާ ކޯޓާގެ އިތުރުން، އިތުރު 500 ކޯޓާ ހޯދުމަށްޓަކައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއިއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ސައުދީއިން މިހާރު ހަވާލުކުރެވިފައި ވަނީ 500 ކޯޓާކަމަށް އޭނާ ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވީ، ހައްޖު ކޯޓާގެ ކަންތަކުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ ހައްޖަށް ދިއުމަށްޓަކައި އާންމު ރައްޔިތުން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ލުއި ގޮތްތަކެއް ހޯދައި ދިނުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މިވަރުގެ މާތް އަޅުކަމެއް ކުރުމަށް އެތައް ލައްކަ ރުފިޔާއެއް އާއިލާއަކުން އެބަ ޖެހޭ ހޭދަކުރަން، މިހާރުވެސް އަޅުގަނޑުމެނަށް މައުލޫމާތު ލިބޭ އަމިއްލަ ބައެއް ޖަމާއަތްތަކުން ދޮޅު ލައްކަ ނުވަތަ ދެ ލައްކަ އާ ހިސާބަށްވެސް ޗާކުރާކަމަށް،

ޝަކީލް

ޝަކީލް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން މީހުން ހައްޖަށާއި އުމްރާއަށް ފޮނުވުގެ ކަންތައްތަށް ކޮށްފައިވަނީ އެންމެ އެދެވިގެންވާ ގޮތުގެ މަތިން ނޫންކަމަށެވެ.

އަޅުގަނޑުމެން ހިސާބުތަކާ އެއްޗިސް ބަލާލިއިރުގަ މި ފެންނަނީ ހަމަ ހައްޖަށްދިޔަ ކޮންމެ އަހަރަކުވެސް ހަމަ ބޮޑެތި އަދަދުތަކުން ގެއްލުމުގަ ހައްޖުގެ އަޅުކަން ކުރުމުގަ ހަރަދުތަކެއް ކޮށްފަ ހުރިކަން،

ޝަކީލް

ކުރިއަށް އޮތް ފަސް އަހަރަކީ ހައްޖުގެ އަޅުކަން ކުރުމަށްޓަކައި ރައްޔިތުން ކުރާ ހޭދަ ކުޑަކޮށް، މިހާރަށްވުރެ ފަސޭހައިން ކަންކަން ކުރެވިގެންދާނެ ދުވަސްތަކެއް ކަމުގެ ޔަގީންކަން ދެއްވާކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.