ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް ބައްދަލްވުމުގައި ހަސަން ލަތީފް/ ފޮޓޯ: މި
ހަބަރު
05 Dec 2023 | 09:29
އަމާޒަކީ ރާއްޖޭގަ އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ދަ ޑިމޮކްރެޓްސް ހެދުން: ހަސަން

އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގަ އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ދަ ޑިމޮކްރެޓްސް ހެދުންކަމަށް، އެޕާޓީއާށް އިންތިހާބުވެވަޑައިގެން ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، ބޭނުންވަނީ  ދަ ޑިމޮކްރެޓްސް އަކީ އެންމެ ބޮޑު ޕާޓީ ކަމުގައި ހެދުންނޫންކަމަށާއި، ނަމަވެސް އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަމުގައި ހެދުންކަމަށެވެ. އަދި ދެން އަންނަންއޮތް ރިޔާސީ އިންތިހާބާއި ހަމައަށް އެ އަމާޒަށް ވާސިލްވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮންވެވިކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގައި މަސައްކަތްކުރެއްވި އިދިކޮޅު މައިޕާޓީ އެމްޑީޕީއަށް ފާޑުވިދާޅުވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީ އަކީ ބޮޑު ޕާޓީ އެއްކަމަށާއި، ނަމަވެސް އެއީ ވަރުގަދަ ޕާޓީއެކޭ ބުނެވެން ނެތްކަމަށެވެ.

ވަރަށް ބޮޑު އެމްޑީޕީވެސް، ވަރުގަދަ އެއްނޫން. 

ހަސަން ލަތީފް

އިތުރަށް ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ދިހަ ހާސް މެންބަރުން ހަމަކުރެވިއްޖެއްވިނަމަ، އެއީ ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަޅުގަނޑުމެންނަށް ދިހަ ހާސް މެންބަރުން ހަމަކުރެވިއްޖެ ކަމަށް ވަނީނަމަ އެހިސާބުން އަޅުގަނޑުމެންގެ މަސައްކަތް ވަރަށް ބާރަށް ފަށާގަނެވޭނެ،

ހަސަން ލަތީފް

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.