މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: މަޖިލިސް
ހަބަރު
05 Dec 2023 | 14:52
އެމްޑީޕީގެ ވެރިކަމުގެ ފަހުކޮޅު ބޮޑެތި ކުށްވެރިން ޖަލުން ނެރެފައިވޭ: އިމްތިޔާޒް

ރާއްޖޭގައި މާރާމާރީ އާއި ގޭންގްތަކުގެ މެދުގައި ތަޅާފޮޅުން އިތުރުވާތީ އެކަމާއި އެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން ނެރުނު ނޫސް ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ރައްދު ދެއްވައިފިއެވެ.

އެ ބަޔާނަށް އިމްތިޔާޒް ރައްދު ދެއްވާފައިވަނީ އެކްސް ގައި ކުރެއްވި ޓްވީޓެއްގައެވެ.

"ވެރިކަމުގެ ފަހު ދުވަހުގައި ވެސް ތިބިއްޔާ ތިބި ބޮޑެތި ކުށްވެރިން ވޯޓުގެ ބޭނުމަށް ދޫކޮށްލުމަށްފަހު ދައްކާ ވާހަކަ ދެކެބަލަ!"

އިމްތިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގާއިމު ނުކުރެވުމަކީ މި ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށާއި އެމްޑީޕީއިން ވަކާލާތު ކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭނެ ކަމަށެވެ.

ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައިވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔަ ފަދައިން މި ސަރުކާރުގެ އަމަލުތައްވެސް މިހިރީ އެ މަގުން ކަމަށް ބުނެ އެމްޑީޕީން ވަނީ ސަރުކާރަށް ފާޑުވެސް ކިޔާފައެވެ.

އާ ސަރުކާރުން އަދިވެސް ޕޮލިސް ކޮމިޝަނަރަކު އައްޔަންކޮށްފައި ނުވާތީ އެމްޑީޕީން ވަނީ އެކަމާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށް ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް  ގޮވާލާފައެވެ. ޕޮލިސް ކޮމިޝަނަރުގެ މަޤާމް ހުސްވީ ކުރިން ސީޕީއަކަށް ހުންނެވި މުހައްމަދު ހަމީދު މިދިޔަ މަހު މަގާމުން މުސްކުޅި ކުރެއްވުމުންނެވެ. 

އެމްޑީޕީ މި ބަޔާނަށް އިމްތިޔާޒް ރައްދުދެއްވާފައިވާއިރު އެމްޑީޕީއިން ވަނީ ރިޔާސީ އިންތިޚާބާއި ދިމާކޮށް ގިނަ އަދަދެއްގެ ނުރައްކާތެރި ކުށްވެރިން މިނިވަންކޮށް މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައެވެ.

އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމެން ފަސް ދުވަހަށް ވެފައި އޮއްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތަށް މަޢާފުދީ މިނިވަން ކުރިކަން ވެސް ފާހަގަ ކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.