ރައީސް ޑރ.މުހަަންމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Dec 2023 | 18:30
1000 ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަށް ސަރުކާރުން ނިންމައިފި

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1000 ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ޑރ. މުއިއްޒު ކެބިނެޓާއި އެކީ ބޭއްވި ބައްދަލުވުމަށްފަހު، ނިންމި މުހިންމު ނިންމުންތައް ހިއްސާކުރުމަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ފަސް އަހަރަށް 1000 ފަގީރުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ނިންމާފައިވާއިރު، މިއަހަރުގައި އެންމެ ފުރަތަމަ ހައްޖަށް ދާ މީހުންގެ ތެރޭގައި 50 މީހުން ފޮނުވާނޭކަމަށެވެ.

ރައީސް ވިދާޅުވީ، މިއަހަރުގައި 50 މީހުން ފޮނުވާގޮތަށް ހަމަ ޖެހުނުނަމަވެސް މި އަދަދު އެކި އަހަރުތަކުގައި ބަދަލުވަމުން އަންނާނޭކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި މި އަދަދު އިތުރުވެސް ވެގެންދާނޭކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވުމަށް މީހުން ކަނޑައަޅާނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ވަކި އުސޫލުތަކެއްގެ ތެރެއިންކަމަށެވެ.

އޭގެ ތެރެއިން ނެގޭ ފަރާތްތައް މި ފަންސާސް މީހުނާ، ކުރިއށް އޮތް އަހަރުތަކުގެ ތެރޭގައި އެންހާސް މީހުންގެ ތެރޭގައި ހިމެނިގެންދާނެ،

ރައީސް ޑރ.މުއިއްޒު

ރައީސް ވިދާޅުވީ، ހިލޭ މީހުން ހައްޖަށް ފޮނުވުމަކީ ހަމަ އެކަނި ކުރިއަށްއޮތް ފަސް އަހަރު ކުރާ ކަމެއްގެ ބަދަލުގައި، މިކަމަކީ ދާއިމީ ގޮތެއްގައި ފަގީރުންނަށްޓަކައި ކޮށްދެވޭނެ ކަމެއްގެ ގޮތުގައި ނިންމުމަކީ ކުރައްވާ އުންމީދުފުޅެއްކަމަށެވެ.

ކޮމެންޓް
ޚޮސް
ބައެއްލާރި ފައިދާ އަށް ރަގަޅުމީހަކަންވާން ތިއުޅެނީ.....ދެއްކުންތެރިކަން. ޔާމީން ފޮޓޯ ދައްކާގެން ބޭވަފާތެރިޔާ. ޢެވަރުގެ އޮޅުވާލުމެއް ދުނިޔޭގަ އބަހުރިތާ.. ބުރިޖްގަ ބައިސިކަލް ދުއްވާ މަގު ކޮބާ.. އަދި ފެންނާނެ ޖަލުގޮޅި
05 Dec 2023
ކައްޓަފުޅި
ދެންހައްޖިކޯޕަރޭޝަން ކިއުގައި ތިބިމީހުންނަށް ހަމަދިގުލާނީ ދޯ. މުސްކުޅިވެފައިވާ މީހުން ވެސް އެބަތިބި
06 Dec 2023
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.