މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް
ހަބަރު
06 Dec 2023 | 08:41
"އެގްރިމެންޓް އާކުރެވެންނެތް މުއައްޒަފުން ވަކިކުރުމަކީ ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް ނޫން"

އެގްރިމެންޓް ހަމަވެ، ބެހެއްޓޭނެ އެއްވެސް ގޮތެއްނެތިގެން މުއައްޒަފުން ވަކިކުރުމަކީ މިސަރުކާރުގެ ކެބިނެޓަށް ރުހުން ނުދޭންވީ ސަބަބެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މި މުއިއްޒު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަން މިވަގުތު ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށެވެ. ރައީސް ވިދާޅުވީ، އެކަމުން އަރައިގަތުމަށްޓަކައި އެކުންފުނީގެ މެނޭޖްމަންޓް އިން މިވަގުތު އަންނަނީ މަސައްކަތްކުރަމުންކަމަށެވެ.

އެއްވެސް މަސައްކަތެއް ކުރަން ނެތް ރަށްރަށުގައިވެސް މުއައްޒަފުން ވަޒީފާއަށް ނަގާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ގިނަ މުއައްޒަފުންނެއްގެ އެގްރިމެންޓް ނިމިދިޔަ ނޮވެންބަރު މަހުގެ 30ވަނަ ދުވަހާހަމައަށް ހަމަވެފައިވާ ކަމަށެވެ.

ދެން ފެނަކައިގެ މެނޭޖްމަންޓުން އޭގެ ތެރެއިން ބައެއް މުއައްޒަފުން މުއްދަތު ހަމަވީމަ އާ ކޮންޓްރެކްޓެއް ނެހެދި، އަޅުގަނޑު ދަންނަވާފަ އޮންނާނެ ވީވަރަކުން ކޮންޓްރެކްޓް އާ ކުރެވެން އޮތް އެންމެނަށް އާ ކޮށްލަދޭށޭ އަދިވެސް ހަމަ ޓެމްޕޮރަރީ އެގްރިމެންޓެއް ހަދާލައިގެން، އެހެންވީމަ އެ މަސައްކަތް އެބަ ކުރިއަށް ގެންދޭ،

ރައީސް ޑރ.މުއިއްޒު

ރައީސް ވިދާޅުވީ، އެއްވެސް މަސައްކަތެއް ނެތް ރަށްރަށަށް މުއައްޒަފުން ނަގާފައިވަނީ ކެމްޕެއިންނަށް ކަމަށް ބެލޭކަމަށެވެ.

ބައެއް މުއައްޒަފުން އެބޭފުޅުން ދޫކޮށްލެއްވި އެއްވެސް މަސައްކަތެއް ނެތް ބައެއް ރަށްތަކުގަ، މި ދެންނެވީ ޕްރޮޖެކްޓެއްވެސް ނެތި ނަގާފަ ހުރި،

ރައީސް ޑރ.މުއިއްޒު

ރައީސް ވިދާޅުވީ، ހަދާފައިވާ އެގްރިމެންޓް ހަމަވެފައިތިބި މުއައްޒަފުން ވަކި ކުރުމަކީ ޒިންމާދާރުނުވުން ނޫންކަމަށާއި، އަދި އެއީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދޭވަރުގެ ކަމެއްކަމަށް ގާބޫލުފުޅު ނުކުރައްވާކަމަށެވެ.

ރުހުން ނުދޭނީ ރުހުން ނުދޭ ވަރުގެ ކަންތައްތައް ވީމަ

ރައީސް ޑރ.މުއިއްޒު

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ޕާޓީތަކަކީ ވަރަށް ޒިންމާދާރު ޕާޓީތަކެއްކަމަށާއި، ހުރިހާ ޕާޓީއަކުންވެސް ކުރިއަށް ދާނީ ގައުމު އިސްކޮށްގެންކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

އަޅުގަނޑު ގަބޫލެއް ނުކުރަން އެނޫން ވިސްނުމެއްގަ އެއްވެސް ސިޔާސީ ޕާޓީއަކުން މަސައްކަތްކުރާނެ ކަމަކަށް،

ރައީސް ޑރ.މުއިއްޒު

އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެނަކައިގެ މުވައްޒަފުން ގަވާއިދާ ހިލާފަށް ވަކިކުރާކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުއްލި މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުން އެންމެ ގިނަ ވަޒީފާ ދީފައިވާ ކުންފުނި، ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކި ކުރާނަމަ، މި ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭނެ ކަމަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އެޕާޓީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.