އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން-- ފޮޓޯ: އެމްޑަބްލިޔުއެސްސީ
ހަބަރު
06 Dec 2023 | 14:11
އިތުރު ގޮތެއް ނުހޯދައި ފުޅީގައި ފެން ބަންދުކުރުން ހުއްޓާލައިފިނަމަ ރައްޔިތުންނަށް ދަތިވާނެ: މަތީން

އިތުރުގޮތެއް ނުހޯދާ، ޕްލާސްޓިކް މަދުކުރުމަށް ކަމަށްބުނެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އުފެއްދުމާއި ރާއްޖެ އެތެރެކުރުން ހުއްޓާލައިފިނަމަ އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާންޖެހޭނެ ކަމަށް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހަންމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް މައުލޫމާތުދެއްވަމުން މަތީން ވިދާޅުވީ، ފުޅީގައި ބަންދުކުރާ ފެނަކީ ސާފު ބޯފެން ޔަގީންކޮށްދެވޭ އެއް ވަސީލަތްކަމަށާއި، ސާފު ބޯފެނަކީ ރާއްޖޭގެ އާބާދީއަށް ވަރަށް މުހިންމު އަސާސެއް ކަމަށެވެ. އަދި ފުޅީގައި ބަންދުކުރެވިފައިވާ ފެނަށް ރައްޔިތުން ވަރަށް ބޮޑަށް ބަރޯސާވެފައިވާ މިދަނޑިވަޅުގައި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ރާއްޖޭގައި ވިއްކުން މަނާކުރުމަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކަކާއި ކުރިމަތިލާންޖޭހެނެ ކަމެއްކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، އެއްރަށުން އަނެއްރަށަށް ފެން ފޯރުކޮށްދިނުމުގައި އޭގެ ރައްކާތެރިކަމާއި ސާފުކަން ޔަގީންކޮށްދެއްވޭނެ ގޮތަކީވެސް ފުޅީގައި ރަނގަޅަށް ބަންދުކޮށްފަ ހުރުން ކަމަށެވެ.

ފުޅީގަ ރަނގަޅަށް ބަންދުކޮށަފަ ހުރީމަ އޭގެން ޔަގީންވަނީ އެފެނުގަ ތަގައްޔަތު ވުމެއް ނޫޅޭކަމަށާ، ބެކްޓީރިއާއެއް ނޫޅޭކަމާ، މިދެންނެވި ފެން އުފުލުމުގެ ތެރޭގަ،

މަތީން

އަދި ފުޅީގައި ބަންދުކޮށްގެން ނޫން ގޮތަކަށް، ފެންއުފުލުމަށް މަސައްކަތްކުރާނަމަ އެ ފެން ތަގައްޔަރުވުމުގެ ފުރުސަރު ބޮޑުވެގެންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެހެން ގޮތަކަށް ފެން އުފުލާނަމަ ބޮޑު އެއްޗެއްގަ ހަމެއްގަ ފެން އުފުލާފަ ދެން އެރަށްރަށް ފެން ގެންދާކަމުގަ ވަންޏާ، އެގެންދިއުމިގެ ތެރޭގަ ފެން ތަގައްޔަރު ވުމުގެ ފޖރުސަތުވެސް ވަރަށް ބޮޑަށް އޮންނާނެ

މަތީން

މަތީން ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ނާޒުކުކަމާއި އަދި ތިމާވެށި ހިމާޔަތް ކުރަންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ތިމާވެއްޓަށް ގެއްލުންލިބިދޭ ކޮންމެ ކަމަކުންވެސް ދުރުވާން ޖެހޭކަން ގަބޫލުކުރައްވާކަމަށާއި، ނަމަވެސް ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދަށްވެސް ބަލަންޖެހޭކަމަށާއި، އަދި އާންމު ރައްޔިތުންގެ ސިއްހަތަށްވެސް ބަލަންޖެހޭކަމަށް މަތީން ވަނީ ވިދާޅުވެފައެވެ.

މަތީން ވިދާޅުވީ، ޕްލާސްޓިކް މަދުކުރުމަށް އެޅޭ ފިޔަވަޅުތައް އެޅުނުއިރު އޭގައި ސާފުބޯފެއް ރައްޔިތުންނަށް ފޯރުކޮށްދޭނޭ އިތުރު އެހެންގޮތެއް ބަލާ ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ.

އިތުރަށް މަތީން ވިދާޅުވީ ރައްކާތެރި ގޮތެއްގައި ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ގިނަ ކުންފުނިތަކުން އިންވެސްޓް ކޮށްފައިވާކަމަށާއި، އެހެންކަމުން ކުރުމުއްދަތެއްގެ ތެރޭގައި އެކަން ހުއްޓާލުމަކީ ވަރަށް ބޮޑު މާލީ ދަތިކަމެއްވެސް އޭގެން ކުރިމަތިވާނޭ ކަމައްކަމަށެވެ.

އެހެންވީމަ އެގޮތަށް ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކުރެވިފަހުއްޓާ، ކުރުމުއްދަތެއްގެ ތެރޭގަ އިންވެސްޓްމެންޓް ރަނގަޅަށް ކަވަރ ނުވެ އެގޮތަށް ހުއްޓާލަން ޖެހުމަކީ ވަރަށް ބޮޑު މާލީ ގޮންޖެހުންތަކެއް އޭގެން ކުރިމަތިވާނެ ކަމެއް އެފަރާތްތަކަށްވެސް

މަތީން

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ރާއްޖޭގައި ވިއްކުން މަނާކުރުމަށް ކުރީގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އެސަރުކާރުން ނިންމާފައިވާގޮތުން މިމަހުގެ 1ވަނަ ދުވަހުން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ފްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އުފެއްދުމާއި ރާއްޖެ އެތެރެކުރުން މަނާ ވާނެ އެވެ. އަދި އަންނަ މާޗް މަހުން ފެށިގެން އެ ފެން ބާޒާރަށް ނެރުން ވެސް މަނާވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް މި ސަރުކާރުންވަނީ އެ ތާރީހު ބަދަލުކުރަން ނިންމާފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ވަނީ އަންނަ އަހަރަށް އެކަން ފަސްކުރައްވައިފާކަމަށް ވިދާޅުވެފައެވެ.

އެ ގަރާރުގައި ބުނެފައިވަނީ، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އެތެރެކުރުމާއި އުފެއްދުން މަނާކުރާ މުއްދަތު އަންނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ފަސްކުރެވިފައިވާ ކަމަށާއި، އަދި އެ ތަކެތި ބާޒާރަށް ނެރުން މަނާކުރާ ތާރީހު ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފަސްކޮށްފައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.