އެމްޓީސީސީއިން މާލެ ސަރަހައްދުގައި ބަހުގެ ޚިދްމަތް ދިނުމަށް ބޭނުންކުރާ ބަހެއް ފޮޓޯ: ވޮއިސް
ހަބަރު
09 Dec 2023 | 12:23
އަމީނީމަގުގެ މަސައްކަތާއި އެކު މާލޭގައި ދޭ ބަހުގެ ޚިދްމަތުގެ ރޫޓަށް ބޮޑު ބަދަލެއް

އަމީނީމަގު ހެދުމުގެ މަސައްކަތާއި އެކު މާލޭގައި ދޭ ބަހުގެ ޚިދްމަތުގެ ރޫޓަށް ބޮޑު ބަދަލެއް ގެނެސްފިއެެވެ.

އެމްޓީސީސީ އިން ދެމުންދާ ބަހުގެ ޚިދްމަތުގެ ދަށުން އަމީނީ ރޫޓް ބަހުގެ ރޫޓަށް ގެނެސްފައިވާ ބަދަލުގެ ތެރެއިން ރޫޓް 11 ގެ ބަސްތައް ދެން ދުއްވާނީ އަމީނީ މަގުންގޮސް ހަނދުވަރީ ހިނގުމުން އެޅުމަށްފަހު މަޖީދީ މަގަށް އަޅައިގެނެވެ.

މީގެއިތުރުން އޯކިޑް ރޫޓް ބަސް ދެެން ދުއްވާނީ މަޖީދީ މަގުންގޮސް ވެސްޓު ޕާކު ސްޓޮޕުން އަނބުރާލާ ގޮތަށެވެ. އަދި މޭލެއާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ ބަސްތައް މާލެއިން ފަށާ އަދި ނިންމާ ސްޓޮޕަކަށް މާފަންނު ބަސް ޓާމިނަލް ވަނީ ބަދަލުކޮށްފައެެވެ.

އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް ކުރަނީ އާރްޑީސީ އިންނެވެ. އެމަސައްކަތް ފަށައިފައިވަނީ މިއަދު ހެނދުގެ މަގުތެއްގައެވެ. ނަމަވެސް ރޭގެ އިރުއޮއްސި 6:00ން ފެށިގެން އެސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

ނިމިދިޔަ ސަރުކާރުން 2022 ގައި ފެށި އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ނިންމާލެވިފައިވަނީ ފުރަތަމަ 11 ސެގްމެންޓެވެ. ފަހު ދެ ސެގްމެންޓުގެ މަސައްކަތް ދައުރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ކުރީގެ ޕްލޭނިން މިނިސްޓްރީއިން ބުނެފައި ވީ ނަމަވެސް އެ މަސައްކަތް ފެށިފައެއްވެސް ނުވެ އެވެ. 

އެމަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ދިޔުމަށްފަހު މިސަރުކާރުން މިވަނީ މިމަސައްކަތް ފަށައިފައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މެއި 28، 2023 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް