ފުށިދިއްގަރު ފަޅު: ފޮޓޯ: ގޫގަލް މެޕްސް
ހަބަރު
13 Dec 2023 | 13:24
ގުޅީގެ އިހުތިސާސުން ފުށިދިއްގަރު ފަޅު ވަކިކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށްޓަކައި ހިއްކަން ނިންމާފައިވާ ފުށިިދިއްގަރުފަަޅު ކ. ގުޅީގެ އިހުތިސާސުން ވަކިކޮށްފިއެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސަށް ދީފައި އޮންނަ އިހުތިޔާރުގެ ދަށުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ވަނީ ފުށިދިއްގަރު ފަޅު ގުޅީގެ އިހްތިސާސުން ވަކިކޮށްފައެވެ. 

އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ގަރާރުގައި ވާގޮތުން ގުޅީގެ އިހުތިސާސަށް ބަދަލު ގެންނެވީ 2020 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ފަރާތަކުންނެވެ. އެ އޭރު ނެރުއްވި ގަރާރުގައި ވާގޮތުން ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅުއްވާފައި އޮތް ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާތީ ފުށިދިއްގަރު ފަޅު ވަނީ ގުޅީގެ އިހްތިސާސުގެ ތެރޭގައި ހިމަނައިފައެވެ. 

މިއަދު ނެރުއްވި ރައީސްގެ ގަރާރުން ކަނޑައަޅުއްވާފައިވާ ގުޅީގެ އިހުތިސާސްގައި ހިމެނެނީ އެރަށުގެ ފަޅާއި ކައިރީގައި އޮތް ދެ ފަޅެއްގެ ބައެކެވެ. ކުރިން އޮތް ގޮތުން ފުށިިދިއްގަރު ފަޅުގެ ބައެއް ގުޅީގެ އިހުތިސާސްގެ ތެރޭގައި ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ރަށެއްގެ އިހުތިސާސަކީ ރަށެއްގެ ރާޅުފެންފަށުން ފެށިގެން 700، މީޓަރާ ހަމައަށް އޮންނަ ސަރަހައްދުގެ ތެރެެއިން މީހުން އުޅޭ އެހެން ރަށެއްގެ ބަޔަކަށް ނުވާ އަދި ސިނާއީ މަސައްކަތެއް ކުރާ ރަށެއްގެ ބަޔަކަށް ނުވާ ސަރަހައްދެވެ. ފުށިދިއްގަރުފަޅުގެ ބައެއް ގުޅީގެ އިހުތިސާސްގެ ތެރޭގައި ހިމެނުނީ އެގޮތުންނެެވެ.

ފުށިދިއްގަރުފަޅުން ބިން ހިއްކައި އެތަނުގައި ބޮޑު އާބާދީއެއް ވަޒަންވެރި ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ކަނޑައެޅިފައިވާ ބައި މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ބަޖެޓުން އުނިކޮށް އެހެން މަޝްރޫޢުތަކަށް ވަނީ ބަހާލައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.