ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި އިންޑިއާ ބޮޑު ވަޒީރު ނަރެންދުރަ މޯދީ
ހަބަރު
14 Dec 2023 | 13:42
ދިވެހި ކަނޑުތަކުގެ މައުލޫމާތު އިންޑިއާއަށް ލިބޭ އެއްބަސްވުން އައު ނުކުރަން ނިންމައިފި!

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސަރވޭ އެއްބަސްވުން ނިންމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14 ގައި ހިމެނޭ ކަންކަން ކުރިއަށް ގޮސްފައިވާ މިންވަރާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ހަފްތާ 14ގައި އެންމެ އިސްކަން ދެއްވާފައިވާ އެއްކަމަކީ އެހެން ޤައުމުތަކާއެކު ހަދާފައިވާ ރާއްޖޭގެ ސިޔާދަތާ މިނިވަންކަމަށް އުނިކަން އަންނާނެ އެއްބަސްވުންތަކުންގެ މާއްދާތައް އުވާލުމުގެ މަސައްކަތްކުރުމެވެ.

އަދި މީގެ ކުރިން، އެފަދަ 100 އަށްވުރެ ގިނަ އެއްބަސްވުންތައް ހުރިކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ، އެ އެއްބަސްވުން ތަކުގެ ތެރެއިން ހައިޑްރޯގްރަފީ ސަރވޭގެ އެއްބަސްވުން ނިމުމަކަށް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިކަމުގެ ތަފްސީލް ހާމަކުރައްވަމުން ފިރުޒުލް ވިދާޅުވީ، އެ އެއްބަސް ވުމުގައި ބަޔާންކުރާގޮތުން އެ އެއްބަވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުކަމަށެވެ.

އަދި އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން 6 މަސް ދުވަހުގެ ކުރިން އެޤައުމަށް އަންގަން ޖެހޭކަމަށާއި، އެހެން ނޫންނަމަ އިތުރު ފަސް އަހަރަށް އެ އެއްބަސްވުން އައުވެގެންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ހައިޑްރޯ ގްރަފީ އެއްބަސްވުން އައު ނުކުރަން ނިންމައި އެކަން އިންޑިޔާއާއި އެކު މުޢާމަލާތު ކުރެވިފައި ވޭ. އެހެންކަމުން 7 ޖޫން 2024 މިއެއްބަސްވުން ނިމުމަކަށް އަންނާނެ، މިއެއްބަސްވުމުގައި ވާގޮތުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 6 މަސް ކުރިން އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން އަންގަންޖެހޭ. އެހެން ނޫން ކަމަށް ވާނަމަ އޮޓޯއިން އެއްބަސްވުން ފަސް އަހަރަށް އިތުރު ވެގެންދާ ގޮތަށް އެއްބަސްވުމުގެ މާއްދާތައް ހިމެނިފައި ވަނީ

މުޙައްމަދު ފިރުޒުލް

ފިރުޒުލް ވިދާޅުވީ، އެ ނިންމުން ނިންމާފައިވަނީ ކެބިނެޓްގެ މަޝްވަރާ އާއި އެކު ކަމަށާއި އަދި އެފަދައިން ނިންމީ، ދިވެހި ކަނޑުތަކުގެ މަޢުލޫމާތަކީ ދިވެހިން ބަލަހައްޓަމުން އައި އެއްޗަކަށް ވާތީ، އެކަމާއި ގުޅޭ މައުލޫމާތު ހޯދުން ދިވެހި އަސްކަރިއްޔާ އާއި ހަވާލު ކުރުމަކީ އެއްމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ. 

އެހެންކަމުން، ދިވެހި އަސްކަރިއްޔާ އަކީ އެކަމަށް ގާބިލް ބަޔަކަށް ހަދައި އެ މަސައްކަތް ދިވެހި އަސްކަރިއްޔާ އާއި ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެ ނިންމުމާއި އެކު، އެކަމަށްޓަކައި ބަޖެޓުގައި ވަކި މިންވަރެއް ކަނޑައެޅި، އެ މަސައްކަތް މިހާރު އަސްކަރިއްޔާގެ ތެރެއިން ފެށިފައިވާ ކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. 

އެހެންވީމާ ކުރިއަށް އޮތް ތަނުގައި ހައިޑްރޯ ގްރަފީ އާއި ބެހޭ ކަންކަން ކުރިއަށް ދާނީ ސައްތައިން ސައްތަ ދިވެހިން ހިމެނިގެން ހަމައެކަނި ދިވެހިންނަށް އެކަން އެނގިގެންދާގޮތަށް. 

މުޙައްމަދު ފިރުޒުލް

ފިރުޒުލް އިތުރަށް ވިދާޅުވީ އެއްބަސްވުން އައު ނުކުރަން ރާއްޖެއިން ނިންމި ނިންމުމާއި ގުޅިގެން ބަދަލެއްގެ ގޮތުގައި އެއްވެސް އެއްޗެއް ދޭން ދިވެހި ސަރުކާރަށް ނުޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.