ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރާއި ބަންގްލަދޭޝްއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޝައިޚް ޢަބްދުލްކަމާލް އާޒަދު ބައްދަލުކުރެއްވުން. ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ހަބަރު
14 Dec 2023 | 14:25
ސަޤާފަތާއި ބެހޭ ޢިލުމް ފޯރުކޮށްދިނުމުގެ ކަންކަމާއި ގުޅޭ ގޮތުން ބަންގްލަދޭޝް އާއި ރާއްޖޭގެ މަޝްވަރާއެއް

ސަޤާފަތާއި ބެހޭ ޢިލްމު ދިވެހިންނަށް ފޯރުކޮށްދިނުމުގައި ބަންގްލަދޭޝްގެ އެހީތެރިކަން ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރް އިބްރާހިމާއި ބަންގްލަދޭޝްއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޝައިޚް ޢަބްދުލްކަމާލް އާޒަދު މަޝްވަރާ ކުރައްވައިފިއެވެ.

މިމަޝްވަރާ ތައް ކުރައްވައިފައިވަނީ ޝައިޙް ޢަބްދުލްކަމާލް އާޒާދު ވަޒީރު އާދަމް ނަޞީރުގެ އަރިހަށް ކުރެއްވެވި ޒިޔާރަތުގައެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށް ދިޔަ އެދެބޭފުޅުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބަންގްލަދޭޝް ސަފީރު ވަނީ އެ ވުޒާރާއަށް ޒިޔާރަތްކޮށްލެއްވުމުގެ ފުރުޞަތެއް ލިބިވަޑައިގަތުމަކީ ވަރަށް އުފާފުޅުކުރައްވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

ހަމަމިއާއިއެކު ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ކުރިއަށް އޮތް މުސްތަޤުބަލު ބިނާކުރުމަށް އެ ވުޒާރާގެ މަސައްކަތްތަކަކީ މުހިންމު އަދި ކޮންމެހެން ބޭނުންތެރި މަސައްކަތްތަކަކަށް ވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ.

ސަފީރު ޝައިޚް ޢަބްދުލްކަލާމް އާޒާދު އެ ވުޒާރާއަށް ޒިޔާރަތްކުރެއްވިކަމީ ވަރަށްއުފާފުޅު ކުރައްވާކަމެއްކަމަށް ވަޒީރު އާދަމް ނަޞީރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވަޒީރު ވިދާޅުވީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުމަކީ ބަދަހިގުޅުމެއްކަމަށާއި، ވިޔަފާރީގެ ދާއިރާގައި އޮތް ގުޅުމުގެ އިތުރުން ބަހާއި ސަޤާފަތުގެ ގޮތުން ބަލާއިރު ވެސް އިހުޒަމާނުއްސުރެ ގުޅިފައިހުރި ގުޅުންތަކެއް އެބަހުރިކަމަށެވެ.

ހަމަ އެހެންމެ ވަކިން ޚާއްޞަކޮށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ފަށްޓަވައިފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢާ ގުޅިގެން ދިވެހީންގެ ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ރޮނގުން ބަނގުލަދޭޝްގެ ޢިލްމީ އެހީތެރިކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވުޒާރާގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައިވެއެވެ.

އެގޮތުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ބަންގްލަދޭޝަކީ ސަގާފާތާ ބެހޭ މުހިންމު އެތައް ޢިލްމެއް އޮތް ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެދާއިރާތަކުގައި މި ވުޒާރާގެ މުވައްޒަފުންނަށާއި އެ ވުޒާރާގެ ދަށުން އަލަށް އުފެދިގެންދާ ދިރާސާ މަރުކަޒުގެ ދަރިވަރުންނަށް ޢިލްމު ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ޝައިޚް ޢަބްދުލްކަލާމް އާޒާދު ވަނީ ވަޒީރު އެދިވަޑައިގެންނެވި ގޮތަށް ވުޒާރާއަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަދި މިހާރުވެސް ބަންގްލަދޭޝްއިން ރާއްޖެއަށް ތަފާތު ސްކޮލަރޝިޕްތަކުގެ ފުރުޞަތުތައް ފަހިކޮށްދެއްމުން ގެންދާކަމަށާއި، އެފަދަ އިތުރު ފުރުޞަތުތައް ރާއްޖެއަށް ފަހިކޮށްދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނޭ ވަރަށްބޮޑު އުފާފުޅަކަށްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.