ފުށިދިއްގަރުފަޅު ހިއްކަން ފެށުން-- ފޮޓޯ/ވޮއިސް
ހަބަރު
18 Dec 2023 | 17:25
ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު އަށް 'ރަސް މާލެ' ހިއްކަން ފަށައިފި!

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިސަރުކާރުން ކުރިއަށް ގެންދެވުމަށް ނިންމެވި އެންމެ ބިޔަ މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު، ނުވަތަ 'ރަސް މާލެ' ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު ހަވީރު ފުށިދިއްގަރުފަޅު ސަރަހައްދުގައި މިމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒެވެ. 

ރަސްމިޔާތު ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ފުށިދިއްގަރުފަޅު ތަރައްގީކުރާނީ 'ރަސްމާލެ' ގެ ނަމުގައި ކަމަށް ވިދާޅުވެފައެވެ. 

އަދި އެމަނިކުފާނުގެ އަމާޒަކީ ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ސިޓީއަކީ ޒީރޯ-ކާބަން ސިޓީއަކަށް ހެދުން ކަމަށާއި، އެ ތަން ތަރައްގީކުރާނީ 'މޯލްޑިވްސް އީކޯ ސިޓީގެ' ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެެވެ. 

"ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާހައުލެއް ލިބިގެންދާ ތަނަކަށް މިތަން ވެގެންދާނީ،" 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މި މަޝްރޫއު ފެށުމަށްޓަކައި މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ވަނީ ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު ކ. ގުޅީގެ އިހްތިސާސްގެ ތެރެއިން އުނިކުރައްވާފަ އެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، އެއީ ބޮޑު މިނުގެ ގޮތުން ބަލާ ނަމަ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ އޮންނަ ސަރަހައްދަށްވުރެ ތިންގުނަ ބޮޑު ސަރަހައްދެކެވެ. 

މި މަޝްރޫޢުގެ ދަށުން ހިއްކާ ބިމުން 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ޕްލޭނުގައި ހިމަނާފައިވާއިރު އެ މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް، 75،000 ޢާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. 

20 އަހަރުގެ ޕްލޭނަކާއެކު ފަށާ މި މަޝްރޫއު މުޅިން ނިމޭއިރު، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.
07 Jul 2026
ފުޓްޕާތުން އުޅަނދު ޓޯވކުރަނީ
ހިނގާބިނގާވާ މީހުންގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން މަނާކަމަށްބުނެ ފުލުހުން ހުޅުމާލޭގައި ޓޯވކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ފުރޮޅުލީގޮނޑި ފިޔަވައި އެހެން އުޅަނދު ޕާކުކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.