ފުށިދިއްގަރުފަޅު މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
18 Dec 2023 | 18:33
ވައުދު ފުއްދުމުގައި ރައީސް ދައްކަވަނީ ތެދުވެރިކަމާއި އިޚްލާސްތެރިކަން: އަބްދުއްރަހީމް

ވައުދު ފުއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދައްކަވަމުން ދަނީ އެމަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަން ކަމަށް ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ވައުދުވެވަޑައިގެންނެވި ގޮތަށް މި ސަރުކާރުން އިއުލާނުކުރި ފުށިދިއްގަރުފަޅު މަޝްރޫއު އިފްތިތާހު ކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒަށް މަރުހަބާ ދަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް، ފުށިދިއްގަރުފަޅު މަޝްރޫއު ފެއްޓެވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ އިތުރުން އެމަނިކުފާނުގެ ޤާބިލުކަމާއި ހުޝިޔާރުކަން ވެސް ފެނިގެންދާ ކަމަށެވެ. 

މާތްﷲ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ޒައާމަތުގައި ބަރަކާތްލެއްވުން އެދި ދުއާކުރައްވާ ކަމަށާއި، ފަސް އެނބުރި ބެލުމެއްނެތި ރައްޔިތުންނާއި ޤައުމާއެކު ކުރިއަށް ވަޑައިގަތުމަށް ހިތްވަރުދެއްވާކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. 

"ވަޢުދު ފުއްދެވުމުގައި ތިޔަ ދައްކަވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަން. ގާބިލްކަމާއި ހުޝިޔާރުކަން. ފަސް އެނބުރި ބެލުމެއްނެތި ދިވެހީންދާނީ މަނިކުފާނާއެކު ކުރިއަށް. މާތް اللہ މަނިކުފާނުގެ ޒަޢާމަތުގައި ބަރަކާތް ލައްވައި ގިނަގުނަ ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން"

ރައީސްގެ ޚާއްސަ އެޑްވައިޒަރު އަބްދުއްރަހީމް

ފުށިދިއްގަރު ފަޅު މަޝްރޫއަށް ތައުރީފުކުރައްވާ އަބްދުއްރަހީމްގެ އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ރަސްމާލެ މަޝްރޫޢަކީ މިހާތަނަށް ދިވެހީންގެރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫޢު ކަމަށެވެ. 

އެ މަޝްރޫޢު ނިމިގެންދާއިރު ދިވެހީންގެރާއްޖެއިން އަމާން ރައްކާތެރި ހިތްފަސޭހަ ހުރިހައި ގޮތަކުން ފައްކާވެފައިވާ ފުރިހަމަ ރަސްމާލެއެއް ފެނިގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.