ރަސްމާލެ ތަރައްގީކުރާ ބިންހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ވޮއިސް
ހަބަރު
18 Dec 2023 | 19:16
ގެދޮރުވެރިކަމަށް ދޫކުރާ ލޯނުތައް ދާދި އަވަހަށް ހަމަޖެހޭނެ: ރައީސް މުއިއްޒު

ގެދޮރުވެރިކަމާއި ގުޅުން ހުރި އެކި ކަންކަމަށް ބޭންކުތައް މެދުވެރިކޮށް ދިނުމަށް ވައުދުވެވަޑައިގެންނެވި ލޯނުތައް ދޫކުރުމުގެ އިންތިޒާމް ދާދި އަވަހަށް ހަމަޖައްސައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ އިންޤިލާބީ މަޝްރޫޢުކަމަށްވާ ފުށިދިއްގަރު ފަޅުގައި ތަރައްޤީ ކުރާ "ރަސްމާލެ" ސިޓީ ތަރައްޤީ ކުރާ ބިންހިއްކަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެމަނިކުފާނު ވައުދުވެވަޑައިގެން ގޮތަށް ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރުމަށް ބޭންކިން ނިޒާމްގެ ތެރެއިން ފަހިކުރަންޖެހޭ ކަންކަން ހަމަޖައްސަވާ ވަރަށް އަވަހަށް އެކަންކަން އިއުލާނު ކުރައްވާނެކަމަށެވެ. 

މީގެ އިތުރުން ފަސް އިންސައްތައަށްވުރެ ކުޑަކޮށް ދޫކުރާ ލޯނުތައް ދޫކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ، ފަންނީ މަސައްކަތްތައް މިހާރު ހިނގަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މާލެ ސަރަހައްދުން ކުރީ ސަރުކާރުން ދޫކުރި ގޯތިތަކުގައި ގެދޮރު ބިނާކުރުމަށްޓަކައި ތައާރަފްކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި ހާއްސަ ލޯނު ސްކީމް ވެސް އޭގެ ތެރެއިން ތައާރަފްވެގެންދާނެ ކަމަށެވެ. 

ދާދި އަވަހަށް ވައުދުވިގޮތަށް އެކި ކަހަލަ ހައުސިން ލޯނުތައް ދޫކުރުމަށް ބޭންކިން ނިޒާމްގެ ތެރެއިން ފަހިކުރަންޖެހޭ ކަންކަން ހަމަޖައްސާ އެކަންކަން ވެސް އިއުލާނު ކުރާނަން. ފަސް އިންސައްތައަށްވުރެ ކުޑަކޮށް ދޫކުރާ ލޯނުތައް ދޫކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ ފަންނީ މަސައްކަތްތައް ހިނގަމުންދަނީ. އެކަންކަން ވެސް ފުރިހަމަކޮށްފައި އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެ ރައްޔިތުން ބޭނުންވާ އެކި ކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު 

މީގެ އިތުރުން މިއަދުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ދޫކުރި ގޯއްޗާއި ފްލެޓްތައް އެ ފަރާތްތަކަށް ލިބޭނެކަމަށާއި ގެޒެޓްކޮށްފައިވާ ލިސްޓުން އެއްވެސް ފަރާތެއް ގޯތީގެ ހައްޤުން އުނި ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ރައީސް ވިދާޅުވީ، އޭގެ ބަދަލުގައި ނުހިއްކާހުރި ފަޅުތައް ހިއްކައިގެން ގޯތި ދީ މިހާރަށް ވުރެ ފުރިހަމައަށް އެކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. 

ރާއްޖޭގެ ހުރިހާ ބޭންކުތަކުން ވެސް ގެދޮރުވެރިކަމަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ފަހިކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްްއޭ)އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ދެން ވެސް ރާއްޖޭގައި އޮޕަރޭޓް ކުރާ ކޮމާޝަލް ބޭންކުތަކުން، ފަސޭހަކަމާއެކު އަތްފޯރާ ފަށުގައި ލިބޭ ހައުސިން ލޯން ސްކީމްތައް ތައާރަފް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.