ރަސްމާލެ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
19 Dec 2023 | 09:56
ރަސްމާލެ މަޝްރޫޢު: "ގާއިމް ކުރާނީ ކަނޑުގެ ރާޅާއި އޮއިގައި އެހާބޮޑަށް ނުޖެހި ދުއްވޭ ކަހަލަ ފެރީ ނިޒާމް"

އިއްޔެ ފެށިގެން ދިޔަ، ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު އިން ބިންގާ އެޅިގެންދިޔަ 'ރަސްމާލެ' އަށް ދަތުރު ފަތުރު ކުރުމަށް ބޭނުންކުރާނެ ފެރީގެ ނިޒާމަކީ ދަތުރު ކުރާއިރު ކަނޑުގެ ރާޅާއި އޮއިގައި އެހާބޮޑަށް ނުޖެހި ދުއްވޭ ކަހަލަ ފެރީގެ ނިޒާމެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރަސްމާލެ މަޝްރޫޢު އަށް ބިންހިއްކުމުގެ މަސައްކަތް ފެއްޓެވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލެ އަށް ދަތުރުފަތުރު ކުރުމަށް ގެންނަން ހަމަޖެހިފައިވަނީ ރާޅުގެ އުނދަގޫ ނުޖެހި ދަތުރު ކުރެވޭ ހައި ސްޕީޑް ފެރީގެ ނިޒާމެއް ކަމަށެވެ.

"މިތަނަށް ޓްރާންސްޕޯޓުގެ ގޮތުން ބަލާނަމަ މިހާރު ބޭނުންކުރާ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމް އެބަހުރި. ކަނޑުގެ ރާޅުގައި ނުވަތަ އޮއިގައި އެހާބޮޑަށް ނުޖެހި ދުއްވޭ ކަހަލަ ފެރީ ނިޒާމް އެބަހުރި. އެކަހަލަ ހައި ސްޕީޑް ފެރީ ނިޒާމް ގެންނަން ހަމަޖެހިފައިވާ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ޖަޕާންގައި ބޭނުން ކުރާ، ރާޅާއި އޮއިގެ އުނދަގުލުގައި ނުޖެހި ރާޅު މަތިން ދަތުރު ކުރާ ހައިޑްރޯ ފޮއިލް ފެރީއެއް--

މީގެ އިތުރުން ރަސްމާލެ އަށް ދަތުރުފަތުރު ކުރުމަށް އިތުރަށް ފަސޭހަ ކުރުމަށްޓަކައި އެތަނާއި އެންމެ ކައިރީގައި އޮތް ފަޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އުނދަގޫ ނުވާނެ ގޮތަކަށް އިތުރު އެއާ ސްލިޕެއް ވެސް ގާއިމް ކުރައްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

މީގެ އިތުރުން މިތާ އެންމެ ކައިރީގައި އޮތް ފަޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް އުނދަގޫ ނުވާނެ ގޮތަކަށް އިތުރު އެއާ ސްލިޕެއް ވެސް ގާއިމް ކުރާނަން. ގާއިމްކޮށް އެތަނުން ރަސްމާލެ އާއި، ވަރަށް ކައިރި ކަނޑު އޮޅިއެއް އޮންނަނީ ، ކުޑަ ކުޑަ, ކަނޑުއޮޅި އެއް، (އެތަނާ) ގުޅުވާލާނަން. ގުޅުވާލީމާ އެގޮތުންވެސް އެ ގުޅިގެން ދިޔައީ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލެ ވެގެންދާނީ، ގެދޮރުވެރި ކަމާއި، ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް ރައްޔިތުންނަށް ހޯދައިދޭނެ ސިޓީއަކަށް ކަމަށެވެ.

އަދި އެތަން ތަރައްގީ ކުރާނީ ތިމާވެއްޓާ ރައްޓެހި، ފެހި، ކާބަން ފްރީ އިކޯ ސިޓީއެއްގެ ގޮތުގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އިއްޔެގެ ރަސްމިޔާތު ގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1150 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.