ދިވެހި ރާއްޖޭގެ ބަންޑާރަ ނައިބު އަލްއުސްތާޒް އަހްމަދު އުޝާމް. ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Dec 2023 | 12:41
ފޯޅަވަހި މައްސަލައިގައި އެޅެން ހުރި ފިޔަވަޅުތައް ބެލުމަށް މަސައްކަތް ފަށައިފިން: އޭޖީ އޮފީސް

ފޯޅަވަހި މައްސަލަައިގައި އެޅެން ހުރި ފިޔަވަޅުތައް ބެލުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސަށް ފުށުއަރާކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިޔުނަލް އޮން ލޯ އޮފްދަ ސީ ގައި މޮރިޝަސްގެ ފަރާތުން މައްސަލައާއި ގުޅޭގޮޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވައިފައިވާ ސިޔާސަތަކީ ދިވެހިރާއްޖެގެ ޤާނޫނުއަސާސީ އާއި ޤާނޫނުތައް ފުށުއަރާ ގޮތައް އަދި ރާއްޖޭގެ މަސްލަހަތު ގެއްލޭގޮތައް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ އެމަސައްކަތް ރައީސް ޑރ މުޙައްމަދު މުޢިއްޒު އޭޖީ އޮފީހާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

“އެނިންމުން ދިރާސާކޮށް މިމައްސަލައާއި ގުޅިގެން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސަކަތް މިއޮފީހުން ވާނީ ފަށައިފައި” 

ބަންޑާރަ ނައިބުގެ އޮފީސް

މީގެ އިތުރުން މިމައްސަލައާއި ގުޅިގެން ބައިނަލް އަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް މިހާރުވާނީ ފަށައިފައި ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ހަމަމިއާއި އެކު އެމަސައްކަތް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިޔުމަށްޓަކައި އެއޮފީހުން ކޮމިޓީއެއް އެކުލަވައިލައި އެކޮމިޓީގެ މެމްބަރުން ހަމަޖައްސަވައިފައިވާ ކަމަށްވެސް ބުނެފައިވެެވެ.

އެގޮތުން އެކޮމެޓީގެ މެމްބަރުންގެ ގޮތުގައި ކުރީގެ އޭޖީ އަލްއުސްތާޒް މުޙައްމަދު އަނިލް، މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން ކާނަލް އަޙްމަދު މުޖްތަބާ، ފޮރިން މިނިސްޓްރީގެ ފަރާތުން އަލްފާޟިލް އަޙްމަދު ޝިޔާން ހަމަޖެއްސެވިކަމަށްވެސް ބުނެފައިވެއެވެ.

އަދި މިމައްސަލައިގައި މިހާތަނަށް ބެލި ބެލުމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓު 2022 ގައި ފޮނުވައިފައިވާ ސިޓީއެއްގެ ކޮޕީ އާއި އެސިޓީގެ ޖަވާބުގެ ގޮތުގައި 22 ސެޕްޓެމްބަރު 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރު ފޮނުއްވައިފައިވާ ސިޓީ ވެސް އެއޮފީހަށް ލިބިފައިވާ ކަމަށް އެއޮފީހުން ބުނެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މާހިރުން ލަފާގެ މައްޗަށް ރިޢާޔަތްކޮށް، ނިމިދިޔަ ސަރުކާރުގެ ފަރާތުން ރާއްޖެގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ފުށުއަރާގޮތައް، އަދި ރާއްޖެގެ އެންމެ މަތީ މަސްލަޙަތު ގެއްލޭގޮތަށް ގެންގިޅުއްވައިފައިވާ ޤާނޫނީ ޕޮޒިޝަނާއި ޢަމަލުކުރައްވާފައިވާ ގޮތާއި ގުޅޭގޮތުން އެކުލަވައިލެވޭ ރިޕޯޓް ރައީސް އަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިތުރުން މިކަމާއި ބެހޭ މައުލޫމާތު އާންމު ކުރުމަށް އޭޖީ ނިންމަވައިފައިވާ ކަމަށްވެެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.