އެމްއެންޕީގެ ލީޑަރ ކާނަލް ނާޒިމް ރައީށާއި ބައްދަލު ކުރެއްވުން: ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Dec 2023 | 15:25
ކާނަލް ނާޒިމް ރައީސް ޑރ މުޢިއްޒާއި ބައްދަލުކުރައްވައިފި

އެމްއެންޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއި ބައްދަލުކުރައްވައިފިއެވެ. 

ރައީސުލް ޖުމްހޫރިއްޔާެގ އޮފީހުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންގެ ދެމެދުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅިގެން ރައީސްއޮފީހުންވެސް އަދި ކާނަލް ނާޒިމްގެ ފަރާތްޕުޅުންވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. 

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކާނަލް ނާޒިމްއާއި އެބޭފުޅާގެ ޕާޓީ، އެމްއެންޕީން މަސައްކަތް ކުރެއްވީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއާއެކުއެވެ. 

އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައިވެސް ސަރުކާރާއި އެކު މަސައްކަތްކުރުމަށް އެ ޕާޓީގެ ނަމުގައި ރައްޔިތުންގެ މަޖިލިހުގެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެންޕީންވަނީ މީގެ ދުވަސްކޮޅެއް ކުރިން ހުޅުވާލައިފައެވެ. 

ނާޒިމްގެ އިތުރުން ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްއާއި ، އެމްޑީއޭގެ ލީޑަރ އަހްމަދު ޝިޔާމްވެސް ވަނީ ރައީސް ޑރ މުޢިއްޒާއި ބައްދަލު ކުރައްވައިފައެވެ. 

މި ދެ ބައްދަލުވުންވެސް ކުރިއަށް ގޮއްސައިވަނީ ރައީސް އޮފީހުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
25 Jun 2026
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ
މި ފުރުޞަތުގެ ދަށުން، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަނިމާދޫ އަވަށު އޮފީސް ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.
25 Jun 2026
ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.
25 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.
25 Jun 2026
ބްރެޒިލް މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ސްކޮޓްލޭންޑަށް މުބާރާތުން ކެޓުމުގެ ބިރު
ސްކޮޓްލޭންޑުން މި މެޗަށް ނިކުތީ، ޕޮއިންޓެއް ހޯދައިގެން ނަމަވެސް ބޮޑު މުބާރާތެއްގެ ގްރޫޕް ފިޔަވަހިން ފުރަތަމަ ފަހަރަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދުގައެވެ