އާރްއޭސީއެލްގެ އެމްޑީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން-- ފޮޓޯ/އާރްއޭސީއެލް
ހަބަރު
21 Dec 2023 | 16:07
އިތުރު ޚިދުމަތްތަކާއި އެކު ކުޅުދުއްފުށީ އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށީ އެއާޕޯޓާއި އެ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ, އާރްއޭސީއެލް އިން ފަށައިފިއެވެ.

މިކާމާއި ގުޅިގެން އާރްއޭސީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ސަރުކާރުގެ ހަފްތާ 14 ގައި ހިމެނޭ ކުޅުދުއްފުށީ އެއަރޕޯޓްގެ ޕަސެންޖަރ ޓަރމިނަލްގެ ޙިދުމަތްތައް ފުޅާކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް އެ ކުންފުނިން ވަމުންދާ ކަމަށެވެ. 

އާރްއޭސީއެލް އިން ބުނީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ކުންފުންޏާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއް މަޝްރޫއު އަކީ ކުޅުދުއްފުށި އެއަރޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިތުރުކުރަންޖެހޭ އެންމެހައި ޙިދުމަތްތަކެއް އިތުރު ކުރުމާއި، ޕަސިންޖަރުންނަށް އެއަރޕޯޓުން އަދި ޓަރމިނަލް އިން ލިބެންޖެހޭ އެންމެހައި ޙިދުމަތްތައް ހިމެނޭ ގޮތަށް ކޮންސެޕްޓް ކުރެހުމެއް ތައްޔާރު ކުރުން ކަމަށެވެ.

އަދި މިވަގުތު ކޮންސެޕްޓް ކުރެހުމުގެ ބޮޑުބައި ނިމިފައިވާއިރު، އެންމެފަހުން އާރްއޭސީއެލްގެ އެމްޑީ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގައި ކުޅުދުއްފުށި ކައުންސިލާއި ބައްދަލު ކުރައްވައި އެ ސިޓީ ކައުންސިލްގެ ބޭފުޅުންނާއި އާރް.އ.ޭސ.ީއެލްގެ ފަރާތުން ހަދާފައިވާ ކޮންސެޕްޓް ކުރެހުން ހުށަހަޅުއްވައި އެއާ ގުޅޭގޮތުން ހިޔާލު ހޯއްދަވާފައިވާ ކަންވެސް ފާހަގަކޮށްފައިވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރުމަށް އާރްއޭސީއެލް އިން މިފަށާ މަސައްކަތުގެ ދަށުން ހެދޭ އައު ޓަރމިނަލްގައި ޑިޕާޗަރ އަދި އެރައިވަލް ޓަރމިނަލް ބޮޑުކުރެވި، ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ބޭނުންކުރާ އެންމެ ބޮޑެތި އެއަރ ކްރާފްޓްތަކަށް ޙިދުމަތް ދެވޭ ޓަރމިނަލްއަކަށް އެ ޓާމިނަލް ވެގެން ދާނެކަން އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ. 

މީގެ އިތުރުން، އަލަށް ހެދޭ ޓަރމިނަލްގައި ދަތުރުކުރާ ފަރާތްތަކަށާއި އާއްމު ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ފުރިހަމައަށް ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން، ފާހަނަ، މައިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރި، ނަމާދު ކުރާ ކޮޓަރި، ކެފޭގެ ހިދުމަތް، ދަތުރުކުރާ ފަތުރުވެރިންނަށް ނުވަތަ އެހެން ފަރާތްތަކަށް މަޢުލޫމާތު ދޭނެ ކައުންޓަރ ފަދަ ހިދުމަތްތަކާއި ސްޓާފުންނަށް ބޭނުންވާ ވަސީލާތްތަކާއި ޙިދުމަތްތައް ގާއިމްކުރެވިގެންދާނެކަން ފާހަގަކޮށްފައިވެއެވެ. 

އަދި ހަމައެހެންމެ، މި މަޝްރޫޢުގެ ދަށުން، އެއަރޕޯޓުގެ ސަރަހައްދަށް ބޭނުންވާ ޕާކިންގެ ޙިދުމަތްތަކާއި، އެއަރޕޯޓަށް އިތުރު ފުރިހަމަކަން ގެނެސްދޭނެ އެހެންވެސް ކަންކަން ހިމެނިފައިވާ ކަމަށް އާރްއޭސީއެލް އިން ބުނެއެވެ. 

މިބަދަލުތަކާއެކު އާރ.ްއ.ޭސ.ީއެލްއިން ދަނ،ީ ކުޅުދުއްފުށި އެއަރޕޯޓުގައި ހިމެނޭ ސަރަހައްދަށް އިތުރު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ތަކެއް ކުރަމުންނެވެ. 

އޮގޮތުން ޓުއަރިޒަމާއި ގުޅުންހުރި ކަންކަން އެއަރޕޯޓުގެ އިތުރަށް އޮތް ހުސްބިމުގައި ތަޢާރަފް ކުރުމަށް އާރް .އ.ޭސ.ީއެލް އާއި ކައުންސިލާއެކުވަނީ ސޮއިކުރެވިފައެވެ. 

މިކަންކަމުގެ ސަބަބުން ކުޅުދުއްފުށި ސިޓީއަށް އިތުރަށް ފުރިހަމަކަން ގެނެސްދީ އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ފުޅާވުމަށް އެހީ އަކަށް ވެގެންދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވުން ހުއްޓާލަންޖެހޭ
ކެނެޑާއިން ބުނީ މިފަދަ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަން ކަމަށާއި، މީގެ ސަބަބުން ސަރަހައްދުގެ ސުލްހައާއި، ސަލާމަތާއި އަދި ހަމަޖެހުމަށް އޮތް ފުރުސަތުތަކަށް ބުރޫއަރާ ކަމަށެވެ
29 Jul 2026
ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފުކޮށްފި
ފައިސާ އަނބުރައި ދެއްކުމަށް ހަތް އަހަރުގެ ދިގު މުހުލަތެއް ލިބޭ މި ލޯނުގެ ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވަކި ތާވަލެއް ކަނޑައެޅުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިޢާޔަތްކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފައިވާ ކަމެވެ.
29 Jul 2026
ގަމުން ގެއްލުނު ޒުވާނާ ފެނިއްޖެ
29 Jul 2026
30،000 ޑޮލަރު ހަލާކުވި މައްސަލައެއްގައި ފުލުހުންގެ އޮފިސަރަކު ވަކިކުރަނީ
އެއީ 30،000 ޑޮލަރެވެ. އެ ޑޮލަރުތައް އަތުލައިގަނެފައިވަނީ، 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.