ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒާއި ހަސަން ލަތީފް ބައްދަލު ކުރެއްވުން-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
21 Dec 2023 | 16:44
ހަސަނާއި ރައީސް މުޢިއްޒުގެ ބައްދަލުވުން: ދެކެވުނު ވާހަކަތައް ޕާޓީއަށް ނޭނގޭތީ އަމްރުގެ ނުރުހުން!

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ދަ ޑިމޮކްރެޓްސް ގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އިއްޔެ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތަފްސީލް ޕާޓީ މެންބަރުންނަށް ހާމަ ނުކުރައްވާތީ، އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ދަ ޑިމޮކްރެޓްސް ގެ އިސް އެއް ފަރާތް، ހުސައިން އަމްރު ނުރުހުން ފާޅުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަނީ އިއްޔެގެ ވަގުތެއްގައި، ދަ ޑިމޮކްރެޓްސް ގެ އިތުރުން ރާއްޖޭގެ އިތުރު ތިން ބޮޑު ޕާޓީގެ އިސް ވެރިންނާއި ބައްދަލު ކުރައްވާފައެވެ. 

އެގޮތުން ބައްދަލު ކުރައްވާފައި ވާ ބޭފުޅުންނަކީ؛

1) ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

2) މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

3) މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

މި ބައްދަލުވުން ތަކުގެ ތަފްސީލް ހާމަ ކުރަމުން، ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުން ތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޤައުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށެވެ.

އެގޮތުން ޤައުމުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމާއި ސަރުކާރުން ކުރިޔަށްގެންދަވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ދާޚިލީ އަދި ޚާރިޖީ އެކިއެކި ކަންކަމުގައި ޤައުމީ މަސްލަޙަތު އިސްކުރައްވައި، ސަރުކާރަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރައްވާފައިވާ ކަމަށާ ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ވަރަށް މުހިންމުކަމަށް ރައީސް މުޢިއްޒު ވިދާޅުވި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. 

ނަމަވެސް، އިތުރަށް އެކަމާއި ގުޅޭ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. 

އެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ގާސިމް ވަނީ އައު ސަރުކާރުގެ ވަޒީރުންނަށް ރުހުންދީ އައު ސަރުކާރަށް ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. 

އެހެން ޕާޓީތަކުގެ ލީޑަރުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. 

އަމްރު 

މިކަމާއި ގުޅިގެން ނުރުހުން ފާޅުކުރައްވައި، ނިމިދިޔަ ޑިމޮކްރެޓްސް ގެ އެތެރޭގެ އިންތިޚާބުގައި، ޑިމޮކްރެޓްސް ގެ ރައީސް ކަމަށް ހަސަނާއި ވާދަކުރެއްވި އަމްރު، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ އަޒުލުކުރުމުގެ ވާހަކަތަކެއް ފެންމަތިވެފަވާ ވަގުތެއްގަ، ސިޔާސީ ޕާޓީތަކުގެ ވެރިންނާ ރައީސުލް ޖުމްހޫރިއްޔާ ކުއްލިޔަކަށް ބައްދަލުކުރައްވާ ކުރެވުނު މަޝްވަރާގެ ތަފްސީލު އެ ޕާޓީތަކުގެ އާންމު މެންބަރުންނާ ރައްޔިތުންނަށް ސާފުވުމަކީ މުހިންމު ކަމެއް ކަމަށެވެ. 

އަމްރު މިފަދައިން ވިދާޅުވެފައި ވާއިރު، ދާދިފަހުން އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ، ހަމައެކަނި އެ ޕާޓީގެ މެންބަރުންނަށްވެސް ރައީސުލްޖުމުހޫރިއްޔާ އާއި ނާއިބު ރައީސް އަވަސް މަރުހަލާއެއްގައި އަޒުލު ކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރަން ފާސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.