ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
21 Dec 2023 | 17:38
ރަސްމާލެ ޕްރޮޖެކްޓް ކުރިއަށްގެންދަނީ އީއައިއޭ ހަދައި، ގާނޫނާއި ގަވާއިދާ އެއްގޮތަށް: ފަޒުލް

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް އީއައިއޭ ވެސް ހަދައިގެން ކަމަށް، އެ މަސައްކަތާ ހަވާލުވެފައިވާ އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވަނީ، އެ މަޝްރޫއު ކުރިއަށް ގެންދަނީ އެފަދަ ބޮޑު ބިމެއް ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރާއި ގުޅޭގޮތުން އީއައިއޭ ރިޕޯޓް ހެދުމަށްފަހުގައި ކަމަށެވެ. 

އަޅުގަނޑުމެން މި ޕްރޮޖެކްޓް މި ކުރިއަށް ގެންދަނީ ދިވެހިރާއްޖޭގައި ހެދިފައި އޮންނަ ގަވާއިދުގެ އިމުގެ ތެރެއިން، އީއައިއޭ ރިޕޯޓް ހެދިގެން. އަދި އީއައޭގެ ރިޕޯޓް ނޫސްވެރިންނާއިވެސް ހިއްސާކުރެވިފައިވާނެ. އޭގައި ތަފްސީލް ވެސް ހިމެނޭނެ. އަޅުގަނޑުމެން މިދަނީ ޕްރޮގްރެސިވް އީއައިއޭ ތައްޔާރު ކުރަމުން. އެހެންވީމާ ޕްރޮގްރެސިވް ޑިވެލޮޕްމެންޓް ތަކެއް އަންނަ އިރުގައި، މަޝްރޫއު ކުރިއަށްދާ ވަރަކަށް އީއައިއޭ ހެދެމުންދާނެ.

އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓް ކަނޑައެޅި ގޮތުގެ ތަފްސީލް ވެސް ހާމަކުރައްވާފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ، ފުށިދިއްގަރުފަޅު ހިއްކަނީ، އެބިން ހިއްކާ ކުންފުނިކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ބަދަލުގެ ގޮތުގައި ދީގެންކަމަށެވެ. 

ފަޒުލް ވިދާޅުވީ އެކަމަށް ޚަރަދު ކުރާނީ ފައިސާ ނޫން ކަމަށާއި ފައިސާ ޚަރަދުކުރުމުގެ ބަދަލުގައި ނިންމާފައިވަނީ އެ މަޝްރޫޢު ތަންފީޒުކުރާ ކުންފުންޏަށް 70 ހެކްޓަރުގެ ބިން ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ދިނުން ކަމަށެވެ. 

އަދި ސީއެމްސީއަށް އާބަންކޯއިން ދޭ ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވަނީ ހުޅުމާލެއިން ކަމަށާއި އެ ބިންތައް ސީއެމްސީން ބޭނުންވާ ގޮތަކަށް ވިއްކުމުގެ ހުއްދަ އެ ކުންފުންޏަށް ދިން ނަމަވެސް އެ ބިންތައް ވިއްކަންޖެހޭނީ ހުޅުމާލޭގެ މާސްޓާ ޕްލޭނާ ފުށުނާރާ ގޮތެއްގައި ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.