ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ތަކެއް- ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Dec 2023 | 18:50
"ނޫސްތަކަށް ސަރުކާރުން ފިޔަވަޅު އެޅުމަކީ ގާނޫނީ ނިޒާމް ތަރުތީބު ވެފައިވާ ގޮތެއް ނޫން"

ނޫސްތަކަށް ފިޔަވަޅު އެކުމަކީ, މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީގެ ޒިންމާއެއް ކަމަށާ، ސަރުކާރުން އެއަށް ވަނުމަކީ ގާނޫނީ ނިޒާމް ތަރުތީބު ވެފައިވާ ގޮތެއް ނޫން ކަމަށް، ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން، އެމްޖޭއޭ އިން ބުނެފިއެވެ. 

ސަރުކާރަށް ފާޑުކިޔައި، ލިޔުންތައް ޝާއިއުކުރަމުންދިޔަ ދެ ވެބްސައިޓަކާއި ރަޖިސްޓާކޮށްގެން ހިންގާ "ފުރަތަމަ.ކޮމް" ނޫހުގެ ވެބްސައިޓް ސަރުކާރުން ބްލޮކްކުރުން ކުށްވެރިކޮށް އެމްޖޭއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަރުކާރުގެ އެ ފިޔަވަޅަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެޅި ފިޔަވަޅެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ. 

އަދި ސަރުކާރުން އެފަދަ ފިޔަވަޅެއް އަޅާފައިވަނީ އެކަން ކުރުމުގެ އުސޫލެއް އާންމު ކުރުމަކާ ނުލާ ކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ ހަރުދަނާ ދެފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަޝިޕް ސަރުކާރުން އެކްސަސައިޒް ކުރުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

އެމްޖޭއޭ އިން ވަނީ އެކަމާ ދެކޮޅު ހަދާކަމަށާ، ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އަދި ސަރުކާރުން ފިޔަވަޅު އަޅަނީ އެއްވެސް އުސޫލެއް ނެތި ކަމަށް ބުނެ، އެކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.

"ޑިމޮކްރަަސީއާ ބީރައްޓެހި މި ފިޔަވަޅުތަކަކީ، ނޫސްތަކަށާއި ނޫސްވެރިން އަދި ޖުމްލަކޮށް ހުރިހާ ރައްތިތުންނަށްްވެސް ސަރުކާރުން ދިން ވަރަށް ބޮޑު ނުރައްކަލުގެ ރަނގަބީލެއްގެ ގޮތުގައި މި ޖަމިއްޔާއިން ސިފަ ކުރަމެވެ. އަދި މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއްް ފަހަތަށް ސޮސްސާލައިގެންދާފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި މި ޖަމިއްޔާއިން ދެކެމެވެ."

އެމްޖޭއޭގެ ބަޔާން

މިއާއެކު އެމްޖޭއޭ އިން ބުނީ، ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމައި އެކަމުގައި ފިޔަވަޅު އެޅުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންޑޭޓް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

"ރަޖިސްޓާ ނުކޮށް ހިންގާ ނޫސްތަކަކީ ވެސް އެމްއެމްސީ އަށް ރެގިއުލޭޓްކޮށް އެ ގާނޫނުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަށްވާއިރު ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެމްއެމްސީ އަށް ގާނޫނުން ލާޒިމް ކުރާ ކަމެކެވެ. އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ ބަސް ކިޔައި ފިޔަވަޅު އެޅުމަކީ ގާނޫނީ ނިޒާމް ތަރުތީބުކޮށްފައިވާ ގޮތެއް ނޫނެވެ."

އެމްޖޭއޭގެ ބަޔާން

މިއާއެކު އެމްޖޭއޭ އިން ވަނީ ގާނޫނުން އެމްއެމްސީ އަށް ހަވާލުކޮށްފައިވާ ޒިންމާ އެންމެ ރަނގަޅު ގޮތުގައި އަދާކުރުމަށް އެ ކައުންސިލް ބާރުވެރިކުރުވައި, އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

ޑިސް އިންފޮމޭޝަން އާއި މިސް އިންފޮމޭޝަންއާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެ ޖަމިއްޔާ އިން ވެސް ތާއިދު ކުރާ ކަމެއް ނަމަވެސް ވެބްސައިޓްތައް ބްލޮކްކުރުމަކީ އެކަމަށް އޮތް ފަރުވާއެއް ކަމަށް އެމްޖޭއޭ އިން ނުދެކެއެވެ.

އަދި އެކަން ހައްލު ކުރުމަށް އޮތް އެންމެ ރަނގަޅު މަސައްކަތަކީ ދޮގު މައުލޫމާތު ދެނެގަންނަން އާންމުން ހޭލުންތެރިކުރުމާއި ފެކްޓް-ޗެކިން މަސައްކަތް ޕްރޮފެޝަނަލްކަމާ އެކު ކުރުމަށް ސަރުކާރުން މީޑިއާއަށް އެހީވުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.