ކޮވިޑްގެ ކޭސްތަކެއް ތަހްލީލް ކުރުމުގެ މަސައްކަތުގައި. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ
23 Dec 2023 | 11:08
ކޮވިޑްގެ އައު ވޭރިއަންޓް 41 ޤައުމަކުން ފެނިއްޖެ، ކަންބޮޑުވާންވީ ކިހާވަރަކަށް!

މިހާރު ފެތުރެމުންދާ ކޮވިޑް19ގެ އައު ވޭރިއަންޓް ޖޭއެން.1, 41 ޤައުމަކުން ފެނިފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

އަލްޖަޒީރާއިން ބުނީ މީގެ ހަތަރު އަހަރުކުރިން މުޅި ދުނިޔެ ޕެންޑަމިކްގެ ހާލަތައް ގެނައި ކޮވިޑް19 ގެ އަލަށް ފެތުރެން ފަށާފައިވާ މި ވޭރިއަންޓް ފުރަތަމަ ފެނިފައިވަނީ އިނގިރޭސިވިލާތުން ކަމަށެވެ.

އަލްޖަޒީރާއިން ބުނީ ކޮވިޑްގެ މިވޭރިއަންޓް ޕަބްލިކް ހެލްތު އެޖެންސީތަކުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަމަށެވެ.

މިހާރު އަލަށް ފެނިފައިވާ ކޮވިޑް 19ގެ އައު ވޭރިއަންޓް ޖޭއެން.1 އަކީ އޭގެ ޕޭރެންޓް ވޭރިއަންޓް ކަމަށްވާ ބީއޭ.2.86 އިން އުފެދިފައިވާ ވޭރިއެންޓެއް ކަމަށާއި އަދި މި ވޭރިއަންޓް އަކީ މިފާއިތުވި އަހަރު ވަރަށް ބާރުމިނުގައި ފެތުރުނު އޮމިކްރޯން އިން އުފެދިގެން އައި ވޭރިއެންޓެއް ކަމަށެވެ.

މިހާތަނަށް މި ވޭރިއަންޓް އެންމެ ބޮޑަށް ފެތުރިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ ފްރާންސް، ސިންގަޕޫރް، ކެނެޑާ، އިނގިރޭސި ވިލާތް އަދި ސްވިޑަން އިންނެވެ. އަދި ޗައިނާއިން ވެސް 6 ކޭސް ރިޕޯޓު ކުރެވިފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.

ޑިސެމްބަރު މަހުގެ ކުރީކޮޅު އިންޑިޔާގެ ކެރެލާއިން ވަނީ ކޮވިޑްގެ އައު ވޭރިއަންޓްގެ ކޭހެއް ފެނިފައެވެ. އެއީ އުމުރުން 79 އަހަރުގެ އަންހެނެއްގެ ފަރާތުންނެވެ.

އޭގެ ފަހުން އިންޑިޔާގެ އެހެން ސަރަހައްދުތަކުން ވެސް ވަނީ މި ވޭރިއަންޓްގެ ކޭސްތައް ފެނިފައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ މި ވޭރިއަންޓް މިގޮތައް ފެތުރިގެން ދިޔަޔަސް މިއީ މާބޮޑަށް ކަންބޮޑުވާންވީ ކަމެއް ނޫން ކަމަށެވެ. އަދި މިދުވަސްވަރު މިވޭރިއަންޓްގެ ކޭސްތައް ފެތުރެމުންމިދަނީ ފިނިމޫސުމުގެ ސަބަބުން ކަމަށް ވެސް އަލްޖަޒީރާއިން ބުނެފައިވެއެވެ.

ކޮވިޑް-19ގެ އެހެން ވޭރިއަންޓްތަކާއި އެއްގޮތައް މިވޭރިއަންޓްގެ ޢަލާމާތްތަކާއި އަސަރު ވެސް ކުރަނީ އެމީހެއްގެ ދިފަޢީ ނިޒާމާއި އެމީހެއްގެ އާންމު ސިއްހަތާއި ގުޅިގެންނެވެ. 

އަދި އަލާމާތްތަކަކީ ހުން އައުން، ކެއްސުން، ގައިގަރިއްސުން އަދި ވަރުދެރަވެ ވަރުބަލިވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.