އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން ޢަމްރު. ފޮޓޯ:ވޮއިސް
ހަބަރު
23 Dec 2023 | 15:30
މީހުން ހޯދުމުގެ ވަސީލަތްތައް ލިބެން ހުއްޓާ ބޭނުން ނުކުރުމަކީ ގޯހެއް: ޢަމްރު

މީހުން ހޯދުމުގެ ވަސީލަތްތައް ލިބެން ހުއްޓައި އެވަސީލަތްތައް ބޭނުން ނުކުރުމަކީ ގޯހެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.

ޢަމްރު މިހެން ވިދާޅުވީ އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައެވެ.

ޢަމްރު މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ އިން ގެއްލިގެން ހޯދަމުން ގެންދާ މުޙައްމަދު ނައީޝް ހޯދުމުގެ މަސައްކަތުގައި އިންޑިޔާ ސިފައިންގެ އެހީތެރިކަމާއި ނުލައި މަތިންދޯބޯޓު ބޭނުންކޮށްގެން ފެށުމަށް އެމްއެންޑީއެފް އިން ތައްޔާރުވާން ފެށި ޚަބަރު ހިއްސާ ކުރައްވަމުންނެވެ.

ޢަމްރު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ޒިންމާ އަކީ ދިވެހިންގެ ފުރާނަ ހިމާޔަތްކުރުން ކަމަށެެވެ. އަދި ދިވެއްސަކު ކަނޑުމަތިން ގެއްލުމުން ރާއްޖޭގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރުން މަޖުބޫރު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

“މީހުން ހޯދުމުގެ މަސައްކަތަކީ ވަކި ވަސީލަތްކަކާއި އުކުޅު ބޭނުންކުރަންޖެހޭ ކަމެއް. އެ ލިބެން ހުއްޓާ ބޭނުން ނުކުރުމަކީ ގޯހެއް" ޢަމްރު ވިދާޅުވެފައިވެއެވެ.

ސ. ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ސ މަރަދޫ، ކުރެދުމާގެ މުހައްމަދު ނައީޝް (18އ) ގެއްލުނު ކަމުގެ ރިޕޯޓު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 22:45 ހާއިރުއެވެ.

ނައީޝް ހޯދުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ޚިއްސާކުރަމުން އެމްއެންޑީއެފް އިން ބުނެފައިވަނީ ނައީޝް ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯރތު ސްކޮޑްރަންއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވައިގެމަގުން 23.46 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑުމަގުން 490 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި ގަމުގެ ފުއްޓަރު ފަރާތް ބަލާ ހޯދުމަށް ހުކުރު ދުވަހު ހެނދުނު 10:25 އިން ފެށިގެން ދިވެހި ސިފައިންގެ ޑައިވަރުންގެ ޓީމެއް ވެސް ހަރަކާތްތެރިވަމުން އަންނަ ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްގެ އިތުރުން އެރަށުގެ ރައްޔިތުންވެސް ދަނީ ނަޢީޝް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.