ރ.އަތޮޅު ފުޓްސަލް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިިން. ފޮޓޯ: ވޮއިސް
ކުޅިވަރު
23 Dec 2023 | 18:23
ކުލަގަދަ ރަސްމިއްޔާތަކާއެކު ރ.އަތޮޅު ފުޓްސަލް މުބާރާތް އިންނަމާދޫގައި ފަށައިފި

ކުލަގަދަ ރަސްމިއްޔާތަކާއެކު ރ.އަތޮޅު ފުޓްސަލް މުބާރާތް 2023، މިއަދު ހަވީރު އިންނަމާދޫގައި ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު ފުރަތަަމަ މެޗުގައި ބައްދަލުކުރީ އިނގުރައިދޫ އާއި މަޑުއްވަރީއެވެ. އަދި މިރޭ ވެސް މުބާރަތުގެ ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިންނަމާދޫއާއި އަލިފުއްޓެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ އުނގޫފާރާއި ދުވާފަރެވެ. 

މި މުބާރަތަކީ ރ.އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ދެވަނަ ފުޓްސަލް މުބާރާތެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވިއިރު، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 7 ޓީމަކުންނެވެ.

ޗެންޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަަމަ ބާއްވަން ނިންމީ އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީ އެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ. 

ނަމަވެސް މިއަދު ހަވީރު މުބާރާތުގެ ކުޅުން ފެށިއިރު، އިންނަމާދޫ އިން އޮތީ މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ފާއިތުވެދިޔަ ދެ ހަފްތާ ތެރޭގައި އިންނަމާދޫގޭ ރައްޔިތުން ވަނީ ވަރަށް ޖޯޝާއި ފޯރީގައި މިމުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރެއިން އިންނަމާދޫ ފުޓްސަލް ދަނޑުގެ ޗޭންޖިންރޫމް ފާހާނާއާ އެކު އިމާރާތްކޮށް ނިންމާލުންފަދަ ބައެއް މަސައްކަތްތައް ސުމަކުން ފަށައިގެން ކޮށްފައިވެއެވެ. މީގެއިތުރުން ދަނޑުގެ ޓާފް ބަދަލު ކުރުމާއި ރަށުތެރެއާއި ބަނދަރު ސަރަހައްދު ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައި ވެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.