ރާއްޖެގައި މަސައްކަތް ކުރާ ބިދޭސީންތަކެއް: ފޮޓޯ: ވޮއިސް
ހަބަރު
23 Dec 2023 | 18:08
ފައިލޭރިއާގެ ވޭދަނައެއް ހުޅުމާލެއިން ފެނިއްޖެ

ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ އިތުރު ބިދޭސީ މަސައްކަތްތެރިއަކު ހުޅުމާލެ އިން ފެނިއްޖެއެވެ.

މިކަން ވޮއިސްއަށް ކަށަވަރުކޮށްދެއްވާ އެޗްޕީއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފައިލޭރިއާއަށް ފައްސިވި އިންޑިއާގެ އެ މަސައްކަތު މީހާ ފެނުނީ ފައިލޭރިއާ އަށް މިހާރު ފަށާފައިވާ ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން ކަމަށެވެ. އަދި އޭނާ ބައްޔަށް ފައްސިކަން އެނގުމާއެކު ބޭސް ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. 

22 ޑިސެމްބަރުގައި ހުޅުމާލޭގައި ކުރިއަށްގެންދިޔަ މައިގްރޭންޑް ފެއަރގައި ޖުމުލަ 13 ބިދޭސީން މި ބައްޔަށް ޓެސްޓު ކުރެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ފައިލޭރިއާގެ ވޭދަނައެއް އެންމެ ފުރަތަމަ ފެނުނީ ހދ ކުޅުދުއްފުށިންނެވެ. މި މަހުގެ މިހާތަނަށް އެ ރަށުން އެކަނި ވެސް ފައިލޭރިއާ ޖެހިފައިވާ 25 މީހަކު ފެނިފައިވެއެވެ.

އެހެންކަމުން މިހާތަނަށް ފައިލޭރިއާ ޖެހިފައިވާ 26 ބިދޭސީއަކު ރާއްޖެ އިން މި ވަނީ ރިޕޯޓުކުރެވިފައެވެ. 

އެޗްޕީއޭ އިން ބުނީ، ރާއްޖެއިން ފެނިފައިވާ ފައިލޭރިއާ ވޭދަނަތަކަކީ، އާންމުކޮށް އެ ބަލި ފެންނަ "އެންޑެމިކް" ގައުމުތަކުން އައިސްފައިވާ ވޭދަނަތަކެއް ކަމުގައެވެ. އެގޮތުން އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓެމިލްނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާ ކިޔާ ސަރަހައްދުން އައިސްފައިވާ މީހުން އެ 26 ބިދޭސީންގެ ތެރޭގައި ހިމެނޭ ކަމަށް އެޗްޕީއޭން ބުނެއެވެ. 

އެޗްޕީއޭން ބުނީ ހދ ކުޅުދުއްފުށީން މި ބައްޔަށް ތަހުލީލު ކުރެވުނު 439 ބިދޭސީންގެ ތެރެއިން 414 މީހަކު ނައްސިވެފައިވާ ކަަމަށެވެ. 

މީގެ އިތުރުން ޑިސެމްބަރު 20 އަދި 21 ދެ ދުވަހު އެ ރަށުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ތަހުލީހުން 155 މީހުންގެ ތެރެއިން އެއްވެސް މީހަކަށް މި ބަލި ޖެހިފައިނުވާކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.