ސިއްހީ ވުޒާރާ: ފޮޓޯ: ވޮއިސް
ހަބަރު
24 Dec 2023 | 14:02
ބިދޭސީންގެ މެޑިކަލްގައި ފައިލޭރިޔާ ޓެސްޓު ހިމެނުމަށް މަޝްވަރާކުރަނީ

ބިދޭސީން ރާއްޖެ އެތެރެވާއިރު ހަދަންޖެހޭ ވޯކްޕާމިޓް މެޑިކަލްގައި ރާއްޖެއިން މުޅިން އެއްކޮށް ނަަައްތާލެވިފައި ވަނިކޮށް މި ފަހުން ފެނުނު، ފައިލޭރިއާއަށް ޓެސްޓު ކުރުން ހިމެނުމާމެދު މަޝްވަރާކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހްމަދު އަޝްރަފް ވިދާޅުވީ، ފައިލޭރިއާ އަށް މިހާތަނަށް ފައްސިވެގެން ފެނިފައިވަނީ ބިދޭސީންގެ ވޭދަނަތަައް ކަމަށެވެ. 

އެގޮތުން ދިވެހިންގެ ގައިގައި ބަލި ހުރިތޯ ބެލުމަށް މިހާތަނަށް 155 ޓެސްޓެއް ހެދިފައިވާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން އެއްވެސް ފައްސި ވޭދަނައެެއް ފެނިފައިނުވާކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ. 

އެގޮތުން މިހާރުވެސް  ވޯކްޕާމިޓް މެޑިކަލް ހަދާކަން ފާހަގަކުރައްވައި އަޝްރަފް އިތުރަށް ވިދާޅުވީ، ހެޕަޓައިޓިސް، އެޗްއައިވީ، އަދި ޓީބީ ފަދަ ބަލިތަކަށް މެޑިކަލް ހަދާކަމަށާއި ނަމަވެސް މިހާތަނަށް ފައިލޭރިއާއަށް ސްކްރީން ކުރުމަށް ވޯކްޕާމިޓުގައި ހިމަނާފައިނުވާނެކަމަށެވެ. 

ހަމައެޔާއެކު ވޯކްޕާމިޓް މެޑިކަލްގައި ފައިލޭރިއާ ހިމެނުމުގެ މުހިއްމުކަމާމެދު މިހާރު މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، ރާއްޖެއަށް ބިދޭސީން އެތެރެވާއިރު، އެ ނިޒާމުގެ ތެރެއިން ބަލިހުރި މީހުން ދެނެގަތުމުގެ ކަންކަން ކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން އަޝްރަފް ވިދާޅުވީ، ރާއްޖެއަށް އިމްޕޯޓުވާ ކޭސްތައް ދެނެގަތުމަށްޓަކައި ވޯކް ޕާމިޓް މެޑިކަލްގައި ހިމަނަންވީ ކޮން އުސޫލުތަކެއްތޯއާއި، އެކަން ކުރިއަށްގެންދާނެ ގޮތުގެ މަސައްކަތް ވެސް އޮތީ މަޝްވަރާގެ މަރުހަލާގައި ކަމަށެވެ.

ރާއްޖެއިން ނައްތާލެވިފައިވާ މިފަދަ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މިހާރު ކުރަމުންދާކަން ފާހަގަކުރައްވައި އަޝްރަފް އިތުރަށް ވިދާޅުވީ، ޓެސްޓު ކުރުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށްޓަކައި އިތުރަށް ހޯދަންޖެހޭ ޓެސްޓް ކިޓުތައް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އަދި އެކަމުގައި ދައްޗެއް ނެތްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.