ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ތިބި ބައެއް. ފޮޓޯ:އެމްއޭސީއެލް
ހަބަރު
24 Dec 2023 | 14:37
ބަންދާއި ދިމާކޮށް ރާއްޖެއިން ބޭރަށްދާއިރު ފެތުރެމުންދާ ކޮވިޑްގެ އައު ވޭރިއަންޓަށް ސަމާލުވާންޖެހޭ!

ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށްދާއިރު މިހާރު ފެތުރެމުންދާ ކޮވިޑްގެ އައު ވޭރިއަންޓް ޖޭއެން.1 އަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މިފެށުނު ހަފްތާ އަކީ ދަރިވަރުންގެ ޗުއްޓީ ފެށޭ ހަފްތާކަމަށްވެފައި ގިނަ ޢަދަދެއްގެ ބަޔަކު ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ދުވަސްތަކަށް ވާނެކަމަށެވެ.

މީގެއިތުރުން ކުރިއަށް އޮތް ދުވަސްވަރުގައި ރާއްޖެއިން ޢުމްރާގެ އަޅުކަމަށް ގިނަ ޢަދަދެއްގެ މީހުން އައިސް ގޮސްވާނެ ދުވަސްތަކަކަށް ވާތީ އެހެން އަހަރުތަކެކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ނޭވާލާ ނިޒާމަށްޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވާނެ ކަމަށެވެ.

އަދި މިހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ކޮވިޑް-19ގެ އައު ވޭރިއެންޓް ޖޭއެން.1 ދުނިޔޭގެ ގިނަ ޤައުމުތަކަކުން ފެނި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާ ކަމަށް ވެސް އެޗްޕިއޭ އިން ބުނެއެވެ.

އެހެންކަމުން އެފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސަމާލުވާންވީ ކަންތައްތައް އެ އެޖެންސީ އިން ބުނެދީފައިވެއެވެ.

އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫ ފަދަ އެއްޗަކުން ނިވާކުރުމާއި، ޓިޝޫ ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި އެނައްތާލުން ހިމެނެއެވެ.

މިއާއެކު ޢާންމު ސާފުތާހިރު ކަމަށް ސަމާލުވުމާއި، ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި، ރޯގާޖެހި ކެއްސާނަމަ، އަނގަޔާ ނޭފަތް ފޮރުވޭ ގޮތައް މާސްކު އެޅުމަށް ވެސް އެޗްޕީއޭ އިން އިރުޝާދު ދީފައިވެއެވެ.

ރޯގާޖެހި ކެއްސާނަމަ މީހުން އެއްވާ ތަންތަނަށް ނުދިޔުމަށާއި، އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމަށް އެ އެޖެންސީ އިން އިރުޝާދު ދެއެވެ.

ބަލީގެ ޢަލާމާތެއް ހުރި ނަމަ ކުޑަކުދިންނަށް ޒިޔާރަތްކޮށް އެކުދިން އުރައި ނުހެދުމަށާއި، ބަލިވެގެން ޑޮކްޓަރަށް ދައްކަންދާއިރު ވެސް އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު މީހުން ދިޔުމަށް އިލްތިމާސްކޮށްފައިވެއެވެ.

ޢުމުރުންދުވަސްވީ މީހުންނާައި، މާބަނޑު މީހުން އަދި ކުޑަކުދިން ކޮންމެހެން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުގެންދިޔުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްނުވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމާއި އެ ޙާލަތުގައި ވީހާވެސް ބޮޑަކަށް އެކަހެރިވުމަށް ވަނީ ބުނެފައެވެ.

އަދި ޢުމުރުން ދުވަސްވެ ގިނަ ބަލިތަކަށް ބޭސްކުރާ މީހުން ކޮވިޑް ވެކްސިން ޖެހުމާއި، ޢުމުރުން ދުވަސްވީ މީހުން، 5 އަހަރުން ދަށުގެ ކުޑަކުދިން، މާބަނޑު މީހުން އަދި ދިފާޢީ ނިޒާމް ބަލިކަށިވެފައިވާ މީހުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް ވެސް އެ އެޖެންސީ އިން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.