ޑރ އަބްދުﷲ ޚަލީލު "މުކައްބަ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ހެލްތު މިނިސްޓްރީ
ހަބަރު
26 Dec 2023 | 20:35
ސިއްހީ ނިޒާމުގައި ފައިލޭރިއާ ކޮންޓްރޯލު ކުރެވޭނެ ގާބިލުކަން އެބަހުރި: ޑރ ޚަލީލް

ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމުގައި ފައިލޭރިއާ ކޮންޓްރޯލު ކުރެވޭނެ ޤާބިލުކަން އެބަހުރި ކަމަށާއި، ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެއިން ފެނުނުކަމުގައި ވީ ނަމަވެސް ރައްޔިތުން އެކަމާއި ކަންބޮޑުވެވަޑައި ނުގަތުމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލު އިލްތިމާސް ކުރައްވައިފި އެވެ. 

ޑރ ޚަލީލު މިފަދައިން ވިދާޅުވެފައި ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ސޯޝަލް މީޑިއާ ކެމްޕެއިން "މުކައްބަ" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ ޚަލީލު ވިދާޅުވީ ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެއިން ފެނުމާއި ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައިވާއިރު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ގޮތްގޮތް ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުން ރާއްޖެއިން ފެނިފައިވާ ފައިލޭރިއާ ބަލީގެ ކޯންޓްރޯލިން މެކޭނިޒަމް ރާއްޖޭގައި ގާއިމްކުރެވިފައިވާ ކަމަށާއި، ބަލިޖެހިފައިވާ މީހުންނަށް ދޭން ޖެހޭ ބޭހާއި ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހުރިކަން ޑރ ޚަލީލުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން އެ ބައްޔަށް ފަރުވާކުރުމަށް ބޭނުންވާ ބޭހާއި ޓެސްޓިން ކިޓް ހޯދުމަށްޓަކައި އިމަޖެންސީ ފަންޑުތަކާ ވާހަކަދައްކައިގެން އެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުން އަންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

"ފައިލޭރިއާ އެންމެ ބޮޑަށް ފެނިފައިވާ ސަރަހައްދުން ދިވެހިން ބައްޔަށް ޓެސްޓްކޮށްފައިވާނެ. 155 ދިވެހިން ޓެސްޓް ކުރިއިރު އެއްވެސް ދިވެއްސަކު ޕޮޒިޓިވް ނުވުމުން އެއީ ރާއްޖެއަށް އިމްޕޯޓްވެފައިވާ ބައްޔެއް. ބައްޔަށް ފަރުވާދެވޭނެ ގޮތް އެބައޮތް، އެހެންކަމުން ރައްޔިތުން މިކަމާ ކަންބޮޑުވެނުލައްވާ"

ހެލްތު މިނިސްޓަރު ޑރ ޚަލީލު

ޑރ ޚަލީލުގެ ވާހަކައިގައި ވަނީ ވަހި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަމަށް ވެސް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން "ޕްރިވެންޓް ހެލްތް"ނުވަތަ ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަކީ ސިއްޙީ ދާއިރާއަށް އޮތް އެންމެ ބޮޑު އެއް ސިޔާސަތުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އެއާއެކު ވިދާޅުވީ ޕްރިވެންޓިވް ހެލްތް ކެއަރއަށް ސަމާލުކަން ދިނުމުގެ ގޮތުން މަޖިލީހުގައި އޮތް ކާބޯތަކެއްޗާ ބެހޭ ބިލު އަވަސްކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި، އެ ބިލާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމާށާއި އެކްސްޕާޓުން ޚިޔާލުވެސް ހޯއްދަވާފައިވާނެ ކަމަށެވެ. 

ފައިލޭރިއާއަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަައްޔެއް ކަމަށްވާއިރު، އެ ބަލިން ރައްކާތެރިވުމަށް މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުމުން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު މިނިސްޓްރީން ދަނީ ނަސޭހަތްތެރި ވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.