ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ފައި--
ހަބަރު
27 Dec 2023 | 10:47
ފައިލޭރިއާ އާއި ގުޅޭގޮތުން ކޮންމެހެން އެނގެންޖެހޭ ބައެއް މަޢުލޫމާތު!

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޑިސެންބަރު މަހުގެ 1 އަދި 2 ވަނަ ދުވަހު ހދ.ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރެއިން، ބައެއް ބިދޭސީންގެ ފަރާތުން، ފައިލޭރިއާ ބަލި ވަނީ ފެނިފައެވެ.

އެ ބައްޔަކީ 2016 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. 

ފައިލޭރިއާ އަކީ ކޮބާ؟

ފައިލޭރިއާ އަކީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް ނަމަކަށް ކިޔާ މަދިރިއެއްގެ ޒަރީޢާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހެނީ ކިއުލެކްސް މަދިރީގައި އަށަގަންނަ ބަލި ޖައްސާ ފަންޏެއްގެ (ޕެރެސައިޓްއެއްގެ) ޒަރިއްޔާއިންނެވެ.

މި ފަނި ހަށިގަނޑުގެ ތެރޭގައި އަށަގަނެފައިވާ މަދިރި އިންސާނުން ގައިގައި ކަށި ޖެހުމުން އެ ފަނި އިންސާނާގެ ގަޔަށް ވަދެ އެވެ. އޭގެ ސަބަބުން ބޮޑަށް އަސަރު ކުރަނީ ހަށިގަނޑުގެ ލިމްފެޓިކް ސިސްޓަމަށެވެ. އެ ނިޒާމަކީ އިންފެކްޝަނުން ރައްކާތެރިކޮށްދީ، މުޅި ހަށިގަނޑުގައި ހުންނަ ދިޔާ އެއްޗެހި، ދުޅަހެޔޮ މިންވަރަކަށް ބަހައްޓައިދޭ ނިޒާމެވެ. އަހަރެމެންގެ ދިފާއީ ނިޒާމަކީ ލިމްފެޓިކް ސިސްޓަމްގެ އެއް ބައެވެ.

މި ބައްޔަކީ އޭޝިއާއާއި ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުން ފެންނަ ބައްޔަކަށްވާއިރު، ދިވެހިރާއްޖެ އަކީވެސް އެ ސަރަހައްދުގެ ގައުމެކެވެ. އެހެންކަމުން ބަލި ނައްތާލެވިފައިވާ ނަމަވެސް، ދިވެހިރާއްޖެއަށް މި ބަލި އައުމުގެ ނުރައްކާ އަބަދުވެސް އޮވެއެވެ. 

ފައިލޭރިއާ ފެތުރެނީ ކިހިނެއް؟

މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ބައްޔާއި މެލޭރިއާ ފަދަ އެހެން ބަލި ބައްޔާއި ޚިލާފަށް ފައިލޭރިއާއަކީ އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ.

އަދި ބަލި ޖައްސާ ފަނި އުފުލާ މަދިރި، އެ ފަނި ދޫކޮށްލަނީވެސް އިންސާނާގެ ލޭނާރުގެ ބަދަލުގައި ހަންގަނޑުގެ ފަށަލައަށެވެ. އެގޮތުން ދޫކޮށްލާ ފަނި ހަށިގަނޑަށް ވަދެ ލިމްފެޓިކް ސިސްޓަމްގެ ތެރޭގައި އަށަގަނެ ފެތުރެން ފަށަނީއެވެ. 

ބަލި ޖައްސާ މަދިރި (ކިއުލެކްސް) އާންމު ގޮތެއްގައި ހަފަނީ ރޭގަނޑު 7-12 އާއި ދެމެދުގެ ވަގުތެއްގައެވެ. 

އަލާމާތްތައް

ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން އެއްވެސް އަލާމާތެއް ނުފެނި ހުރެދާނެއެވެ. އެހެން ނަމަވެސް ބަލި ޖައްސާ ފަނި ފެތުރެމުންދާ ވަރަށް، އޭގެ އަސަރު ލިމްފެޓިކް ސިސްޓަމަށް ދާނީ ކުރަމުންނެވެ. 

އެގޮތުން، ބަލީގެ ޢަލާމާތްތައް ބަލައި، ތިން މަރުހަލާ ނުވަތަ ސްޓޭޖް އަކަށް ބަހާލެވިފައިވާއިރު، ފުރަތަަމަ ސްޓޭޖްގައި އެއްވެސް ޢަލާމާތެއް ނުފެނެއެވެ. އެ ސްޓޭޖަށް ކިޔަނީ އެސިމްޓޮމޭޓިކް ފޭސް އެވެ. 

ދެވަނަ މަރުހަލާގައި، މީހާ ހުން އައި، ފަޔާއި އަތް ކޮންމެވެސް ވަރަކަށް ދުޅަވާން ފަށައެވެ.

ތިންވަނަ މަރުހަލާއަކީ ބަލީގެ އެންމެ "ބިރުވެރި" މަރުހަލާއެވެ. މި މަރުހަލާ ކުރިމަތިވަނީ، ފައިލޭރިއާ ޖައްސާ ފަނި، ލިމްފެޓިކް ސިސްޓަމްގެ ތެރޭގައި ދިރިއުޅެ، އެ ބޮޑުވެ، އަދި މަރުވުމުން، ލިމްފެޓިކް ޗެނަލް ނުވަތަ ދިޔާތަކެތި އެ ދައުރުވާ މަގު ބަންދު ކޮށްލުމުންނެވެ. އެފަދައިން އެ މަގު ބަންދު ކޮށްލުމުން ދިޔާތަކެއްޗަށް ދަތުރު ނުކުރެވި، އެ ސަރަހައްދުގައި ޖަމާވާންފަށައެވެ. އެއާއެކު އެތަނުގައި ޓިޝޫތައް ދުޅަވެ، އަތް ނުވަތަ ފައި ދުޅަވާން ފަށައެވެ. އެފަދައިން ދުޅަ ވުމަށް 'އެލިފަންޓިއޭސިސް' އޭވެސް ކިޔައެވެ. 

އެގޮތުން ބަލީގެ އެ މަރުހަލާގައި އަތް ފައި އަދި ބައެއް އެހެނިހެން ގުނަވަންތައް ދުޅަވުމާއި، ހަނގަނޑު ބޯވުން ފަދަ ކަންކަން ފެނެއެވެ. 

ފައިލޭރިއާއަށް އޮތް ފަރުވާ އަކީ ކޮބާ؟

ފައިލޭރިއާ ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރަނީ ތިން ވައްތަރެއްގެ ބޭހެކެވެ. އެއީ؛

- އައިވަމެކްޓިން

- ޑައިތީލްކާބަމާޖިން

- އަލްބެންޑަޒޯލް ނުވަތަ ފަނީބޭސް

މި ތިން ބޭހުގެ ތެރެއިން ޑައިތީލްކާބަމާޖިން އާއި އަލްބެންޑަޒޯލް އަކީ ރާއްޖެއިން މިވަގުތުވެސް ލިބެން ހުރި ދެ ބޭހަށް ވާއިރު، ދެ ބޭސް އެކުގައި ބޭނުން ކުރުމުން ފައިލޭރިއާ ޖައްސާ ބަލި ހަށިގަނޑުގެ ތެރޭގައި އާލާވާ މިންވަރު ކުޑަކޮށް ހަށިގަނޑުން އެ ފަނި މަދު ކޮށްދެއެވެ. 

ފައިލޭރިއާއިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

ފައިލޭރިއާ އަކީ މަދީރީގެ ޒަރީޢާއިން ޖެހޭ ބައްޔެއް ކަމުން، ބަލިން ރައްކާތެރި ވުމަށް މަދިރިން ރައްކާތެރިވާން ޖެހެއެވެ.

އެގޮތުން މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން އަދި މަދިރި ގެ ބޭނުންކުރުން މުހިންމެވެ. އަދި މަދިރި ހެފިޔަނުދިނުމަށް ހަށިގަނޑު ބޮޑަށް ނިވާވާނޭ ފަދަ ހެދުން އެޅުމާއެކު، ވައިވެއްދުމަށް ހަދާފައި ހުންނަ ގޮޅި، ފެންލައިޓު، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުމަކީ ކުރެވިދާނެ ކަމެކެވެ. ހަމަ އެހެންމެ، މަދިރި އުފެދޭ ތަންތަން ނައްތާލުމަކީވެސް މުހިންމު ކަމެކެވެ.  

ރާއްޖެއިން ފައިލޭރިއާ ޖެހިފައި ތިބި 32 މީހުންނަ މިހާތަނަށް ފެނިފައި ވާއިރު، އެ އެންމެންނަކީވެސް ބިދޭސީންނެވެ.  މީގެތެރެއިން 30 މީހުންނަކީ އިންޑިއާ މީހުންނެވެ. އަނެއް ދެ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

މި ބަލި ޖެހިފައިވާ ބަޔަކު ފެނުމާއެކު އެޗްޕީއޭއިން ވަނީ ބަލި ފެތުރުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ