ރައީސް ޑރ މުޙައްމަދު މުޢިއްޒު އެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ:ރައީސް އޮފީސް
ހަބަރު
27 Dec 2023 | 10:42
ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން: ރައީސް ޑރ މުއިއްޒު

ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަލަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއްބައިވަންތަ ވެވޭނެ ހުރިހާ ސިފަތަކެއް، މާތް الله ދިވެހީންނަށް ވަދީޢަތްކުރައްވާފައިވާ ކަމަށެވެ. އެއްދީނަކުން ހިދާޔަތް ލިބިފައިވުމުގެ ނަސީބާއި އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު ދިވެހިންނަށް ދެއްވައިފައިވާ ކަމަށެވެ.

މީގެ އިތުރުން އެއް އަކުރަކުން ލިޔެކިޔެ އުޅުމުގެ އުފަލާއި، އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން ލިބިފައިވާ ކަމަށެވެ.

ހަމަ އެހެންމެ، އެއް ސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަންވެސް ދިވެހިންނަށް ވަނީ ދެއްވައި ފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ދިވެހީން އެއްބައިވަންތަކުރުވީ މި އެއްގޮތްވަންތަކަން. މީ އެއް ޤައުމެއް. އެއް ބައެއް. އެހެންކަމުން، މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭ. އެހެނީ، ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން. އެކުވެރިވުމުން އަމާންކަން ލިބިދޭ” 

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެކުވެެރިވުމުން އިތުބާރު ލިބިދޭ ކަމަށާއި އޭގެ މައްޗަށް ވިޔަފާރިއާއި އެހެނިހެން ކަންކަމުގެ ގުޅުންތައްވެސް ހަރުދަނާވެގެން ދާނެ ކަމަށެވެ.

ހަމަމިއާއި އެކު އުންމަތްތައް ކުރިއަރައިގެންދާ ކަމަށާއި މިއަދު ދިވެހިރައްޔިތުން އެދެނީ އެކުވެރިކަމާއި ތަރައްޤީއަށް ކަމަށާއި އަވަސް ކުރިއެރުންތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސާބަތުިގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބޭއްވި ޖަލްސާގައި ރައީސްގެ ދެކަނބަލުންނާއި ދައުލަތުގެ ވަޒީރުންނާއި ދައުލަތަށް ގިނަ ދުބަހު ޚިދްމަތް ކޮށްދެއްވި ގިނަ ބޭފުޅުންތަކެއް ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.