ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އައު ރަންވޭ ތަރައްގީ ކުރުމުގެ މަޝްރޫއު ގެ ތެރެއިން-- ފޮޓޯ/އާރްއޭސީއެލް
ހަބަރު
28 Dec 2023 | 13:18
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ އެއްބައި ނިންމައި ހުޅުވުމާ ގާތަށް!

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ތަރައްޤީކުރާ 2،460 މީޓަރުގެ ރަންވޭގެ ތެރެއިން 1،200 މީޓަރުގެ ރަންވޭގެ މަސައްކަތް ނިންމައި ހުޅުވުމާއި ގާތަށް ގޮސްފައިވާ ކަމަށް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑް، އާރްއޭސީއެލް އިން ބުނެފިއެވެ.

އެއާޕޯޓް ގެ މަސައްކަތުގެ އަދާހަމަ ހާމަކޮށް، އާރްއޭސީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ އެއާޕޯޓްގެ 1،200 މީޓަރުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ނިމޭނެއެވެ. އަދި ނިމުމާއެކު، ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު، ރަންވޭ ބޭނުންކުރަން ހުޅުވާލެވޭނެކަންވެސް ފާހަގަކޮށްފައިވެއެވެ.

މިއާއެކު އާރްއޭސީއެލް އިން ބުނީ، 1،200 މީޓަރުގެ ރަންވޭ ހުޅުވިގެންދާއިރު، ނައިޓް ލޭންޑިންގ ފެސިލިޓީސްވެސް ޤާއިމްކުރެވިގެންދާނެ ކަމަށާ އޭގެ ސަބަބުން، ރޭގަނޑުގެ ދަތުރުތަކަށްވެސް ޙިދުމަތްދެވޭނެ ކަމަށެވެ.

އާރް.އޭ.ސީ.އެލް އިން އިތުރަށް ބުނީ، މުޅި ރަންވޭ (2،460 މީޓަރު)ގެ މަސައްކަތް 2024 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރުގެ ތެރޭގައި ނިމި 24 ގަޑިއިރު ބޭނުންކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ.

އާރްއޭސީއެލް ބުނެފައިވާ ގޮތުގައި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫޢު ކުރިއަށް ގެންދާނީ އެއަރޕޯޓް ބަންދުނުކޮށެވެ. އެގޮތުން، ރަންވޭގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 03 ސެގްމަންޓަކަށް ބަހާލެވެގިން، ރަންވޭއެއްކޮށް ބަންދުނުކޮށްވާނެ ގޮތެއްގެ މަތިން ކަމަށް ބުނެފައިވެއެވެ. 

މި މަސްރޫޢަކީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދިޔަ ބިޔަ މަސްރޫޢެކެވެ. 

ތަރައްޤީކުރެވޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދެވޭ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން 2،460 މީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޤާއިމްކުރެވިގެން ދާނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މިމަސްރޫޢުގެ ތެރެއިން ޤާއިމުކުރެވިގެންދާނެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. 

އަދި ތަރައްޤީއާއެކު، އުތުރުގެ ރަށްތަކުގައި ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށް އާރްއޭސީއެލް އިން ޔަގީން ކުރާއިރު، އެއަރޕޯޓު ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން، ބޮޑުތިލަދުންމަތީގެ އިގްތިޞާދަށް އިތުރު ދިރުން ލިބިގެންދާނެ ކަމަށްވެސް ކުންފުނިން ބުނެއެވެ. އެގޮތުން، އެތައްހާސް ވަޒީފާގެ ފުރުސަތުތައް އުފެދި، ގެސްޓް ހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ރިސޯޓުތަކުގެ އެނދުތައް، އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް އާރްއޭސީއެލް އިން ލަފާކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޒިނެދީން ޒިދާން
ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ޒިނެދީން ޒިދާން މިއަދު އައްޔަންކޮށްފިއެވެ. ޒިދާން މި މަގާމަށް އައްޔަންކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން، ކުރިން އެ މަގާމުގައި ހުރި ޑިޑިއޭ ޑެޝޯމްގެ ބަދަލުގައެވެ.
28 Jul 2026
އީރާނުން ޔުކްރެއިނަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
މާލިކީ ވިދާޅުވީ، ޑިޕްލޮމެޓިކް އުސޫލުން މި މައްސަލައިގައި މުހުލަތެއް ދިން ނަމަވެސް އަސްކަރީ ހަމަލާއެއް ނުދޭނެ ގޮތެއް އެއީ ނެތް ގޮތެއްކަމަށެވެ
28 Jul 2026
މިނިވަންދުވަހު ބަނގުރާ ވިއްކަން އުޅުނު ބިދޭސީންގެ ބަޔަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ އުމުރުން 24 އަހަރުގެ ރޮކިބުލް ހަސަން އާއި، އުމުރުން 29 އަހަރުގެ އެމް ޑީ ޖަކިރް ހޮސެއިން ކަމަށެވެ.
28 Jul 2026
އަމިއްލައަށް ވަކިވި މުއައްޒަފުންނަށް އުސޫލުގެ ތެރެއިން ވާނީ ފައިސާ ދީފައި: ފެނަކަ
ފެނަކައިްނ ބުނީ އަމިއްލައަށް އެދިގެން ވަކިވި އެކުންފުނީގެ މުއައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ވަކިވުމަށް 108 މުއައްޒަފަކު ހުށަހެޅިކަމަށެވެ
28 Jul 2026
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ
28 Jul 2026
ޤައުމީ އަސްކަރިއްޔާގެ ހިނގާލުން މާދަމާ ހުޅުމާލޭގައި
ލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރި
28 Jul 2026
ކުޑަކުދިން ބަހައްޓާ ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.
28 Jul 2026
ދަރަނީގެ ހާމަކުރުމާއި އިންވެސްޓަރުންނާ ގުޅުން ބެލެހެއްޓުމުގައި ސްރީލަންކާ ދުނިޔޭގެ ހަތަރުވަނައަށް
ސްރީލަންކާގެ ފިނޭންސް ވުޒާރާއިން ބުނީ މި ކުރިއެރުން ހާސިލުކުރެވުނީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޕަބްލިކް ޑެޓް މެނޭޖްމެންޓް އޮފީހުގެ ދަށުން ރަސްމީ އިންވެސްޓާ ރިލޭޝަންސް ޕްރޮގްރާމެއް ޤާއިމުކުރުމުގެ ސަބަބުން ކަމަށެވެ.