ފުވައްމުލަކުގައި ފެންބޮޑުވެފައި: ފޮޓޯ: ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ
ހަބަރު
29 Dec 2023 | 15:40
ވިއްސާރައިގައި ފެންބޮޑުވެ ފުވައްމުލަކުގެ ބައެއް ގެތަކަށް ގެއްލުން ވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޏ ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. 

"ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވީ މިއަދު ހެނދުނު 8:00 ހާއިރު އެރަށަށް ވެހެންފެށި ވާރޭ މެދު ނުކެނޑި 12:00އި ހަމައަށް ވެހި އެ ރަށުގެ އެކި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާކަމަށެވެ.

އެގޮތުން މިއަަދަކީ މި ފަހުން އެންމެ ބޯކޮށް އެރަށަށް ވާރޭ ވެހުނު ދުވަސްކަން ފާހަގަކުރައްވައި ކައުންސިލުން ވިދާޅުވީ ވިއްސާރައިގައި 21 ގެޔަކަށް ފެންވަދެގެން ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި ފެން ވަތް ގެތަކުން ފެން ހިންދުމާއި އިތުރަށް ފެން ނުވާންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމުގައިވެސް އެ ފަރާތުން މައުލޫމާތު ދެއްވައެވެ.

ފެން ވަތް ގެތަކުގެ ތެރެއިން 5 ގެޔަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފަ، ބައެއް ގޭގޭގައި އެބަހުރި ހުރިހާ ފަރުނީޗަރުތަކެއްހެން ފެނުތެރޭގައި 

ފުވައްމުލަކު ކައުންސިލްގެ އެސްޖީ

މީގެ އިތުރުން އެރަށުގެ އެންމެ އަޑި ސަރަހައްދުތަކުގައި އެމްޓީސީސީ ސުޕަރ ވޯޓަރ ޕަމްޕްތައް ބެހެއްޓިފައިވާކަމަށާއި އޭގެ ތެރެއިން 10 ޕަންޕަކައި ފެންހިންދުމަށް ކައުންސިލްގައި ބޭނުންކުރާ 4 ޕަންޕެއް ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމުގައި އެ ފަރާތުން މައުލޫމާތު ދެއްވައެވެ. 

މީގެ އިތުރުން މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާކަމުގެ ރިޕޯޓު ލިބިފައިވާކަމަށާއި އެ ގެތަކުގެ ހާލަތު ވަޒަންކުރުމުގެ މަސައްްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ކަމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ހާމަކޮށްފައެވެ. 

އަދި ފެން ހިއްކުމުގެ މަސައްކަތް ސިފައިންގެ އެހީތެރިކަމާއިއެކު ކުރިއަށް ދާކަމުގައި އެ ސެންޓަރުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.