ރެއަލް މެޑްރިޑުގެ ކޯޗް-- ފޮޓޯ: އޭއެފްޕީ
ކުޅިވަރު
30 Dec 2023 | 11:11
ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުން ކޯޗް އެންޗެލޯޓީ އާކޮށްފި

ބުރެޒިލްގެ ޤައުމީ ޓީމާއި ހަވާލުވާނެ ކަމުގެ އަޑުތައް ފެތުރިފައިވާ ސްޕެއިންގެ މަޝްޙޫރު ޓީމް، ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އެންޗެލޯޓީ އެ ޓީމާއެކު ހަދައިފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މިހާރު އުމުރުން 64 އަހަރު ގުނަމުން ގެންދާ އިޓަލީ ވިލާތައް ނިސްބަތްވާ އެންޗެލޯޓީ އަލަށް މި ހެދި އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރެއާލް މެޑްރިޑްގެ ކޯޗް ގެ ގޮތުގައި ދެމި ހުންނާނެއެވެ.

ތިން އަހަރު ދުވަހުގެ އެގުރިމެންޓަކާއި އެކު އެންޗެލޯޓީ ދެވަނަ ފަހަރަށް ރެއަލް މެޑްރިޑްގެ ކޯޗުކަމާއި ހަވާލުވެފައިވަނި 2021 ވަނަ އަހަރެވެ.

ކޯޗް އެންޗެލޯޓީ ފާހަގަ ކުރެވިފައިވަނީ ދުނިޔޭގެ ނިސްބަތުންވެސް މޮޅު ކާމިޔާބު ކޯޗެއްގެ ގޮތުގައެވެ. އެގޮތުން އޭނާވަނީ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރު ހޯދުމުގެ އިތުރުން، ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގު ތަށި އުފުލާލުމުގެ ޝަރަފުވެސް ހޯދާފައެވެ.

ކޯޗް އެންޗެލޯޓީ ވަނީ ރެއާލް މެޑްރިޑާއި އެކުވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

އެގޮތުން އެޓީމާއިއެކު މިހާތަނަށް  10 ތަށި ކާމިޔާބުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރުމާއި ލަލީލާގެ ތަށި އެއް ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ކޮޕާ ޑެލް ރޭގެ ތަށި ދެ ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

މީގެ އިތުރުން ކްލަބް ވޯލްޑް ކަޕްގެ ތަށި ދެ ފަހަރު ކާމިޔާބުކުރުމާއި، ޔޫރަޕިއަން ސުޕާ ކަޕް ދެފަހަރު ހޯދުމާއި، ސްޕެނިޝް ސުޕާ ކަޕް އެއް ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

މީގެ ކުރިންވެސް އެންޗެލޯޓީ ވަނީ 2013 އިން 2015 ވަނަ އަހަރާ ދެމެދު ރެއާލަށް ކޯޗުކޮށްދީފައެވެ.

ދެވަނަ ފަހަރަށް އެންޗެލޯޓީ 2021 ވަނަ އަހަރު ރެއާލް މެޑްރިޑާއި ހަވާލުވެފައިވަނީ ކުރިން އެ މަޤާމުގައި ހުރި ޒައިނުއްދީން ޒިދާން މަޤާމުން އިސްތިއުފާދިނުމާއި ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.