ކުރިއަސް އޮތް 24 ގަޑިއރުވެސް ވިއްސާރަވާނެ / ފޮޓޯ:ވޮއިސް
ހަބަރު
30 Dec 2023 | 14:56
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ: މެޓް

ކުރިއަށް މިއޮތް 24 ގަޑިއިރު ތެރޭއިވެސް މުޅިރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް ރާއްޖެގެ މޫސުމާއި ބެހޭ ޤައުމީ ޢިދާރާ ޑިޕާރޓްމަންޓު އޮފް މީޓަރަލޮޖީ މެޓް އިން ހާމަކޮށްފިއެވެ.

އެގޮތުން މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެދުރާއްޖެ ތެރެ އާއި އުތުރުގެ ހިސާބުތަކަށް 10 މޭލާއި 20 މޭލާއި ދޭތެރޭގައި ވައި ޖެހޭނެއެވެ. އަދި  ވިލާގަނޑުގައި 35 މޭލަށް ވައިގަދަވެގެންދާނެ ކަމަށްވެސް އެ ޢިދާރާއިން ލަފާ ކުރައްވައެވެ.  

މީގެ އިތުރުން ހުޅުމާލެ އާއި ހަނިމާދޫއަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދަށް ވައިޖޭނެކަމަށް ލަފާކުރާއިރު ރާޅުގެ އުސްމިން 4 ފޫޓައި 7 ފޫޓަށް އުފުލޭނެ ކަމަށްވެސް ޤައުމީ މޫސުމާއި ބެހޭ ޢިދާރާއިން ލަފާކުރައްވައެވެ. މީގެ އިތުރުން ރާއްޖޭގެ ދެކުނުން ކާޑެއްދޫ އާއި ކައްދޫ އަދި ގަމަށް ގަޑިއަކު 5 މޭލާއި 10 މޭލަށް ވައި ޖެހޭނެ ކަމަށްވެސް ލަފާ ކުރައްވައެވެ. މި ސަރަހައްދުތަކަށް ވިލާގަނޑުގައި ވައި ގަދަވާނެކަމަށް ލަފާކުރައްވާއިރު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާ ކުރައްވަނީ 2 ފޫޓާއި 5 ފޫޓައި ދެމެދުގައެވެ.  

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުން ގޯސް ވާނެކަމަށް ޤައުމީ މޫސުމާއި ބެހޭ ޢިދާރާއިން ލަފާ ކުރައްވާއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވި ނަމަވެސް ރާއްޖޭގެ ދެކުނުގެ ސަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ޤައުމީ މޫސުމާއި ބެހޭ ޢިދާރާއިން މަޢުލޫމަތު ދެއްވައެވެ.  

މިހެންކަމާއި އެކު ކަނޑުދަތުރު ފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރެއްވުމަށް އެފަރާތުން އިލްތިމާސް ކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.