އެމްޑީޕީ ޕީޖީ ގުރޫޕު ނޫސްވެރިންނާއި ބައްދަލުކުރެއްވުން---ފޮޓޯ: މަޖިލިސް
ހަބަރު
30 Dec 2023 | 15:33
އެމްޑީޕީން އުވާލި އެންޓި ޑިފެކްޝަން ގާނޫނު އަލުން ވުޖޫދަށް ގެނައުމުގެ މަސައްކަތް އެ ޕާޓީން ފަށައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާރޓީ އެމްޑީޕީން އިސްވެ އޮވެ، އުވާލައިފައިވާ ޤާނޫނެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުން ހުއްޓުވުމާއި ބެހޭ ޤާނޫނު "އެންޓި ޑިފެކްޝަން ގާނޫނު" އަލުން އަބުރާ ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާރޓީން ބުނެފިއެވެ.

އެމްޑީޕީން މިކަން ހާމަކޮށްފައި ވަނީ އެޕާރޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލިސްގެ ހުޅުމާލެ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް އަލީ ނިޔާޒެވެ.

އެމްޑީޕީގެ ފަރާތުން މިފަދަ މަސައްކަތްތަކެއް ފަށާނެކަން ހާމަކޮށްފައި މިވަނީ ދާދި ފަހުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގެންނެވި 13 މެމްބަރަކު އެޕާރޓީ ދޫކުރައްވާ ވެރިކަންކުރާ ޕީއެންސީ އާއި ގުޅިވަޑައިގެންފައިވާ ދަޑިވަޅެއްގައެވެ.

މިއަދުގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީން "އެންޓި ޑިފެކްޝަން ގާނޫނު" އެއްގެ މަސައްކަތް ފެށުމާއި މި މެމްބަރުން ވަކިވުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"މި 13 މެންބަރުން ދިޔައީމަ ނުވަތަ ޕާޓީން އެއްބަޔަކު އަނެއް ބަޔަކަށް ދާތީ ވިސްނާ ވިސްނުމެއް ނޫން. މުސްތަޤުބަލުގައި މަޖިލިސް އިސްލާހު ކުރުމަށްކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންނާ ރައްޓެހި ޕާޓީތަކާއި ގުޅިގެން އެ މަޝްވަރާތައް ކުރަމުން އެބަ ގެންދަން،" 

މިއަދުގެ މި ބައްދަލުވުމުގައި ނިޔާޒު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ އަލީ ނިޔާޒު ވިދާޅުވީ ވެރިކަންތައް ބަދަލުވުމާއިއެކު ރައްޔިތުން ހޮވާ އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުންވެސް އެކަންތައްތައް ފެނިގެން ދާކަމަށާއި، ޕާޓީތަކުން ރައްޔިތުންގެ މަޖިލިހަށް ހޮވޭ އަދަދަށް މެމްބަރުން ނުހިފެހެއްޓޭކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.